ދިވެހިރާއްޖެ
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
މިނިސްޓްރީ އޮފް ހެލްތް
މާލެ، ދިވެހިރާއްޖެ
(IUL) 182-REG/23/2023/24 :ނަންބަރު
އެލާރޓް
ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބޭހެއް ކަމަށްވާ Emidone suspension ގައިޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭ ކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީއިން ވަނީ އަންގާފައެވެ.
މިއަދުން ފެށިގެން ތިރީގައިމިވާ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުމަށް ބޭސްސިޓީއަށް ވެސް މިބޭސް އިމްޕޯޓް ކުރުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި މިބޭސްތައް އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދެވުމަށްވެސް ދަންނަވަމެވެ.
Manufacturer | Generic Name | Brand Name & Strength |
Pharmix Laboratories, Pakistan | Domperidone | Emidone Suspension 1mg/1ml |
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް ޑިވިޜަންގެ ހޮޓްލައިން ނަންބަރ: 7200321 އަށް ގުޅުއްވުން އެދެމެވެ.