މި ކޮމިޝަނުން ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
މަގާމު
|
ސެކްރެޓަރީ ޖެނެރަލް
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
މުއްދަތު
|
5 އަހަރު (IUL)195-A-HR/195/2023/52
|
މަސައްކަތް ކުރަންޖެހޭ ތަން
|
ޖުޑީޝަލް ސަރވިސް ކޮމިޝަން
|
އަސާސީ މުސާރަ
|
20,500/- ރުފިޔާ
|
އެލަވަންސާއި އިތުރު ގަޑި
|
- ލިވިންގ އެލަވަންސް -/ 15,000ރުފިޔާ
|
ތައުލީމާއި ތަޖުރިބާގެ ޝަރުޠު
|
- ލެވެލް 9 ގެ ސަނަދަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށް، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފުރަތަމަ ޑިގްރީއާއެކު މާސްޓަރސް ޑިގްރީ ހާސިލުކޮށް، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މާސްޓަރސް ޑިގްރީ ހާސިލުކޮށް، ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، ސީނިއަރ މެނޭޖަމަންޓް ލެވެލްގައި މަދުވެގެން 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނޯޓް: މަތީގައި ބަޔާކޮށްވާ ސަނަދުތައް ވާންވާނީ ހިއުމަން ރިސޯސް މަނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންނުވަތަ ފައިނޭންސް ނުވަތަ އެކައުންޓިންގ ނުވަތަ ޤާނޫނީ ދާއިރާއިންކުރެ ދާއިރާއެއްގެ ސަނަދަކަށެވެ.
|
- މި މަޤާމަށް ކުރިމަތިލާ ފަރާތުގެ ތަޢުލީމީ ފެންވަރުގެ އިތުރުން، އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ތެދުވެރިކަމަށާއި، އަމާނާތްތެރިކަމަށާއި، ހިންގުމުގެ ތަޖުރިބާއަށާއި އަދި ނަތީޖާ ހާސިލުކޮށްފައިވާ މިންވަރަށް ބަލާނެއެވެ.
|
އެހެނިހެން ޝަރުތުތައް
|
- މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 30 (ތިރީސް) އަހަރު ފުރިފައިވާ 65 އަހަރު ނުވާ މީހަކަށްވުން
- މި ވަޒީފާއަށް ހޮވޭ މީހަކީ، ފަނޑިޔާރަކާ ނުވަތަ ކޮމިޝަނުގެ މެންބަރަކާ ނުވަތަ ކޮމިޝަންގެ މުވައްޒަފެއްގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑު އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް، ނުވަތަ އެއްބަފާ މީހަކަށް ނުވުން
- މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ޤަވާއިދުގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ ތެރެއިން 3 ވަނަ ނަންބަރާއި 6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފިޔަވައި އެހެން ހުރިހާ ޝަރުތެއް ފުރިހަމަވުން.
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކޮމިޝަނުގެ އިދާރީ ހިންގުމުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ކުރުން ހިމެނެއެވެ.
- ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލައި ކޮމިޝަނުން ފާސްކުރުމަށްފަހު، ކޮމިޝަނުގެ ރައީސްގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން.
- ކޮމިޝަނުގެ މަޝްވަރާއާއެކު ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވައިލައި، ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާގެ މަޝްރޫޢުތަކާއި، މެދު ރާސްތާގެ މަޝްރޫޢުތަކާއި، ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވައިލައި، އެ މަޝްރޫޢުތައް ހިންގައި ބެލެހެއްޓުން.
- ކޮމިޝަނުގެ ބަޖެޓް އެކުލަވައިލައި، ކޮމިޝަނަށް އެ ބަޖެޓު ހުށަހެޅުމާއި، ކަނޑައެޅިފައިވާ ތާރީޚަށް ކަމާބެހޭ އިދާރާއަށް އެ ބަޖެޓު ފޮނުވުން.
- ކޮމިޝަނުގެ އިދާރީ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ކޮމިޝަނުން ޖަވާބުދާރީވާންޖެހޭ ހާލަތުގައި އެކަމުގެ ފުރިހަމަ އެހީތެރިކަން ދިނުން.
- ކޮމިޝަނުގެ ޖަލްސާތަކުގައި ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ބައިވެރިވުން.
- ކޮމިޝަނުގެ ޖަލްސާތަކަށް ބޭނުންވާ ދިރާސާތަކާއި ރިޕޯޓުތައް ތައްޔާރުކުރުން.
- ކޮމިޝަނުގެ ޖަލްސާތަކުގައި ވޯޓުނަގަންޖެހޭ ކަންކަމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ނެގޭ ވޯޓުގެ ނަތީޖާއާއި އޭގެ ތަފުސީލު ބެލެހެއްޓުން.
- ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިޝަނުގައި އެކުލަވައިލައިފައިވާ އެކިއެކި ކޮމިޓީތަކުގެ މަސައްކަތް އެ ކޮމިޓީތައް ހިންގުމަށް ހަދައިފައިވާ އުސޫލުތަކާ އެއްގޮތަށް ހިނގާތޯ ބަލައި، ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުން.
- ކޮމިޝަނުގެ މަސައްކަތާ ގުޅިގެން ކޮމިޝަނުގެ ރައީސް އަންގާ އެހެނިހެން ކަންތައްތައް ކުރުން.
- ޢަދުލު އިންޞާފުގެ ދާއިރާ ކުރިއެރުވުމަށާއި ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ކޮމިޝަނުގެ މެންބަރަކާ ނުވަތަ މެންބަރުންނާ ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމަށް އެ މެންބަރަކު ނުވަތަ އެ މެންބަރުން ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދީ އެކަމުގައި އެހީތެރިވުން.
- ކޮމިޝަނުގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ އަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވައިލައި، މުވައްޒަފުން ހޯދައި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވައިލުމާއި، ކޮންމެ މުވައްޒަފަކަށްވެސް، އެ މުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެ މުވައްޒަފެއްގެ މަސައްކަތް ހަވާލުކުރުމާއި، އެކަމާބެހޭ ރިކޯޑާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، ވަޒީފާއަށް އެކަށީގެންނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނަށް ހުށަހެޅުން.
- މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް ތައްޔާރުކޮށް އެކުލަވައިލައި ކޮމިޝަނަށް ހުށަހެޅުމާއި، އެ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ކޮމިޝަނަށް ހުށަހެޅުމާއި، މުވައްޒަފުންނާ ބެހޭގޮތުން ކޮމިޝަނުން ނިންމާ ނިންމުންތައް މުވައްޒަފުންނަށް އަންގައި އެ ކަންތައްތައް ތަންފީޒުކުރުން.
- މެންބަރުންނާއި މުވައްޒަފުން މަސައްކަތް ކުރުމަށް ބޭނުންވާ މަސައްކަތު މާޙައުލާއި ޖާގައާއި ވަސީލަތްތައް އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން.
- ކޮމިޝަނުގައި ވަޒީފާ އަދާކުރާ ތަފާތު ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރިގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުން.
- މުވައްޒަފުން މަސައްކަތްކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރުދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު މުވައްޒަފުންގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުގެ މަތީން އިޞްލާޙީ ފިޔަވަޅުއެޅުން.
- މުވައްޒަފުންގެ މަޢުލޫމާތާއި މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް ފެންވަރުމަތިކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިކަން ދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން.
- މުވައްޒަފުންގެ ތެރޭގައި ކަމަށް ކަމޭހިތުމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުން ފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަޚުލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުން.
- އީޖާދީ އައުގޮތްތަކާއި އީޖާބީ އައުގޮތްތައް ހޯދުމަށް ދިރާސާކުރުމާއި، އެ ގޮތްތައް ތަޢާރުފުކުރުމާއި، މަސައްކަތްތައް ފަސޭހަކޮށް، ހަލުވިކޮށް އަދި ޚަރަދުކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީއާއި ގޮތްތައް ހޯދައި، އެ ކަންކަން ތަޢާރުފުކުރުން.
- ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ބޭރުގެ ފަރާތްތަކާ ގުޅުން ބަދަހިކޮށް، ކަމާ ގުޅޭ މަޢުލޫމާތާއި ތަޖުރިބާ މެންބަރުންނާއި މުވައްޒަފުންނާ ހިއްސާކުރުން.
- ކޮމިޝަން ތަމްސީލުކުރާ އެކިއެކި ހަރަކާތްތައް ރާވައި ހިންގުމުގައި އެއްބާރުލުންދީ، މިފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، މިފަދަ ހަރަކާތްތަކުގައި އެހެން މުވައްޒަފުން ބައިވެރިވުމަށް ހިތްވަރުދީ ނަމޫނާ ދެއްކުން.
- މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރަށް، މި ގަވާއިދާއި މުވައްޒަފުންގެ ގަވާއިދުގައި ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ އެންމެހައި ކަންތައްތައް ކުރުން.
|
މި އިޢުލާންގައިވާ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި
|
- ވަޒީފާއަށް އެދޭމީހުންގެ ޢިޤްރާރު
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ކުރިމަތިލާ ފަރާތުގެ ވަނަވަރު
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު
ނޯޓް: ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ސެޓްފިކެޓް ލިބުން ލަސްވަމުންދާ ސަބަބު ބަޔާންކޮށް، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއި ނުރަސްމީ ޓްރާންސްކްރިޕްޓް ހުށަހެޅުން.
- ކުރުމުއްދަތުގެ ޓްރެއިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކޮށްފައިވާނަމަ އެ ލިޔުންތަކުގެ ކޮޕީ
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ
|
މަގަމަށް އެދި ހުށަހެޅުން
|
މަގާމަށް އެދި ހުށަހަޅާނީ ފަހިރެސް ޕޯޓަލް މެދުވެރި ކޮށެވެ. ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ.
https://apply.jsc.gov.mv
|
ސުންގަޑި
|
މި މަގާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2023 ޑިސެންބަރު 03 ވަނަ ދުވަހުގެ 13:00 އާ ހަމައަށެވެ.
|
ގަވާއިދު
|
މި އިޢުލާންގައިވާ މަޤާމަށް މީހަކު ނެގުމުގައި އަމަލުކުރާނީ "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު" އަދި "ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ހިންގާ ޤަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ޤަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
|
އިތުރު މަޢުލޫމާތު
|
- މި އިޢުލާނުގައި ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ އެ އެޕްލިކޭޝަނެއް ބާތިލްވާނެއެވެ.
- މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޮމިޝަނުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.
- ފަހިރެސް ޕޯޓަލް މެދުވެރިކޮށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް އީމެއިލް މެދުވެރިކޮށް ރިފަރެންސް ނަންބަރެއް ލިބޭނެއެވެ.
- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް އެދޭ މީހެއްގައި ހުންނަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އިތުރު ޝަރުޠުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުންގެ ގަވާއިދު އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާނެއެވެ. ހިންގާ ޤަވާއިދު www.jsc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ.
|