ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
ސްކޫލްގެ ކުރަންޖެހޭ -/35000 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލުން

އިޢުލާން

ސްކޫލްގެ ކުރަންޖެހޭ -/35000 ރުފިޔާއިން ދަށުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމަށް

މި ސްކޫލުގެ ކުރަންޖެހޭ -/35000 (ތިރީސް ފަސް ހާސް) ރުފިޔާއިން ދަށުގެ މަސައްކަތްތައް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދިނުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. ހުށަހަޅާ މަސައްކަތްތަކުގެ ތެރެއިން ހުށެހެޅޭ އެންމެ ކުޑަ އަގަކަށް ބަލައި އެފަރާތާއި އެ މަސައްކަތް ހަވާލުކުރެވޭނޭވެއެވެ.

ވީމާ، މި ކަމަށް ޝައުޤު ވެރިވާ ފަރާތްތަކުން އެޓޭޗް ކުރެވިފައިވާ ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި  05 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ސްކޫލްގެ އޮފީހާއި ހަވާލުކޮށްދެއްވުންއެދެމެވެ. 

އިތުރު މަޢުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  އޮފީސް: ނޫރާނީ ސްކޫލް

  ގުޅޭނެ ނަންބަރު: 6885917

  އީމެއިލް އެޑްރެސް: [email protected]

27 ނޮވެންބަރު 2023
ހޯދާ