ދިވެހިރާއްޖެ
އިޢުލާން
ކައުންސިލް އިދާރާގެ ތިޖޫރީ ހުޅުވާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކައުންސިލްގެ ތިޖޫރީވަނީ ތަޅުލެވިފައެވެ.
ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
- ތިޖޫރީ ހަލާކުކޮށްލައިގެން ހުޅުވުން
- ތިޖޫރީ ހުރިތަން ތަޅާލައި ސާފުކުރުމަށްފަހު ފާރުގައި ސިމެންތި ޖަހައި ކުލަލުން
- ތިޖޫރީ މަތީގައި ހުރި ތަކެތި ފާރުގައި ފިލާގަނޑެއް އެޅުމަށްފަހު އޭގެ މަތީގައި ބެހެއްޓުން
މަތީގައިވާ ހުރިހާ މަސައްކަތްތައް ކުރަންވާނީ އަމިއްލަ ތަކެތީގައެވެ.
މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ ކައުންސިލްގެ މެއިލް [email protected] މެދުވެރިކޮށް 2023 ޑިސެމްބަރު 4 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށައަޅާ އަގާއި މުއްދަތު އަދި ހުށައަޅާ ފަރާތުގެ މަޢުލޫމާތު ހިމެނުމަށްފަހު ލިޔުމަކުން (ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި) ކައުންސިލަށް 2023 ޑިސެމްބަރު 5 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހުށަހެޅުން އެދެމެވެ. ސިޓީ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ ހުށައަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސިޓީއެއް ފޮނުވަންވާނެއެވެ.
13 ޖުމާދަލްއޫލާ 1445
27 ނޮވެމްބަރު 2023
އިބްރާހީމް ޢާދިލް
ކައުންސިލްގެ ރައީސް