ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނެއްލައިދޫ ކައުންސިލުގެ މަސްރޭސް 2023
މަސްވެރިންގެ ދުވަހާގުޅިގެން ބޭއްވޭ މަސްރޭހާގުޅޭ
2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް (10 ޑިސެމްބަރ 2023) ފާހަގަކުރުމަށްޓަކައި ނެއްލައިދޫ ކައުންސިލާއި، ހދ. އަތޮޅު ކައުންސިލާއި ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ރަށުގެ ހުރިހާ މުވައްސަސާތަކާ އަދި ކްލަބް ޖަމިއްޔާތަކާ ގުޅިގެން ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޓީމްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުއްވުން އެދެމެވެ. ނުވަތަ ކައުންސިލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 07 ޑިސެމްބަރ 2023، 13:00 ކަމުގައި ދަންނަވަމެވެ. މިމުބާރާތުގެ ޢާންމު ޤަވާއިދު ބައިވެރިވާ ޓީމްތަކާ ހިއްސާކުރެވޭނެއެވެ.
ލިންކް: https://forms.office.com/r/xY0t3iQRrx
- ޓީމެއްގައި ބައިވެރިވެވޭނީ މަދުވެގެން 04 މީހުން – ގިނަވެގެން ބައިވެރިވޭނީ 10 މީހުން
- ތާރީޚް: 10 ޑިސެމްބަރ 2023 ( އާދިއްތަ ދުވަސް)
- މަހަށް ފުރުން: 16:00 (މެންދުރުފަހު)
- މަހުން ލެފުން: 21:00 (ރޭގަނޑު)
- 01 ވަނަ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމް
- 02 ވަނަ ޓީމަށް 2500.00 ރުފިޔާގެ ފައިސާގެ އިނާމް
- 03 ވަނަ ޓީމަށް 1000.00 ރުފިޔާގެ ފައިސާގެ އިނާމް
- އެންމެ ބަރުމަސް ބޭނި ޓީމަށް 500.00 ރުފިޔާގެ އިނާމް
- އެންމެ މޮޅު ކެޔޮޅަށް 500.00 ރުފިޔާގެ ފައިސާގެ އިނާމް
27 ނޮވެންބަރު 2023
ހޯދާ