ސ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2024 ވަނަ އަހަރު ސ.އަތޮޅު މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

ސ. އަތޮޅު މަދަރުސާގެ 2024 ވަނަ އަހަރުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 27 ނޮވެމްބަރ 2023 ން 03 ޑިސެމްބަރ 2023 އާއި ދެމެދު ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް އީމެއިލް މެދުވެރިކޮށް ނަން ނޯޓުކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. 

މި ބީލަމާއިގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 04 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ފޯން ނަމްބަރަށް ގުޅުއްވުމުން  މަޢުލޫމާތު ސާފުކުރެވޭނެއެވެ.

ބިޑް ހުޅުވުން އޮންނާނީ  06 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ސ.އަތޮޅު މަދަރުސާގެ އޮފީހުގައެވެ.

މި ޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ސ.އަތޮޅު މަދަރުސާ                                                     

ފޯން ނަންބަރ:6895679

27 ނޮވެންބަރު 2023
ހޯދާ