ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ޗާޕުކުރުމަށް ބޭނުންވެގެން 19 ފެބުރުވަރީ 2015 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު IUL)202-A/I/2015/21) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މިތަކެތި ޗާޕުކުރުމަށް އިޢުލާން ކުރަމެވެ.
- އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް (ޒޯން ބީ)
- އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް (ޒޯން ސީ)
- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފޮތް
- ރަޖިސްޓަރީ ސެޓުފިކެޓު
- ޕްރޮވިޝަނަލް ސެޓުފިކެޓު އޮފް މޯލްޑިވްސް ރަޖިސްޓަރީ
- ސެޓުފިކެޓް އޮފް މޯލްޑިވްސް ރަޖިސްޓަރީ
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މާރިޗު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
21 ޖުމާދަލްއޫލާ 1436