ދިވެހިރާއްޖެ
މި އިދާރާގެ ނަމްބަރު 256/IUL/2023/47 (10 މެއި 2023) އިއުލާނަން ފޯމުހުށައަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ދޫކޮށްފައިވާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ގެވަޅުގެ ވެރިފަރާތް ތަކާގުޅިގެން މި އިދާރާއިން ދަނީ ކުރަމުންނެވެ. މި އިއުލާނާ އެއްކަރުދާސް ކުރެވިފައިވާ ސަރަހައްދުތަކުގައިވާ ފަތްކެޔޮގަސްތައް އެ ގަހުގެވެރީން މިއަދުން ފެށިގެން 26 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ނަގައި ނިންމަންވާނެއެވެ. މި ދެންނެވި މުއްދަތުގައި ފަތްކެޔޮގަސްތައް ނުނަގައިފިނަމަ ގޭވަޅުގެ ވެރިންނަށް އެ ގަސްތައް ލިބޭނެއެވެ. އަދި ގެވަޅު ދޫކޮށްފައިވާ ސަރަހައްދުތަކުގައި ވާ ރުއްގަސް ތަކުގެވެރީން އެ ގަސްތަކުގައި މިއަދުން ފެށިގެން 03 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށް އެގެއެއްގެ ނަމްބަރު ޖަހައި ނިންމަން ވާނެއެވެ. މި މުއްދަތުގައި ނަންބަރު ނުޖަހައިފިނަމަ ގެވަޅުގެ ވެރިންނަށް އެ ރުއްގަސް ލިބޭނެއެވެ.
ވީމާ މިކަން އާއްމުކޮށްއަންގާ އިއުލާންކުރީމެވެ.