ދިވެހިރާއްޖެ
އިޢުލާން
43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމާގުޅޭ
2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ޙަފްލާގައި މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވާ، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އެންމެ ޚިދުމަތްތެރި ޒުވާން ( 35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވާ، އެ ދެފަރާތުގެ އަގު ވަޒަންކުރުމުގެ ގޮތުން އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދ މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައި، 20 ނޮވެމްބަރު 2023 ގައި ވަނީ އިޢުލާން ކުރެވިފައިކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގެ ނަންބަރު: 30-D2/CIR/2023/25 (26 ނޮވެމްބަރު 2023) ސަރކިއުލާއިންވަނީ އަންގަވާފައެވެ. އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 އެވެ.
ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު އެ މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. މި ދެއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށާއި އެވޯޑަށް ހުށަހަޅާ ފޯމް އެމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަންގަވާފައިވެއެވެ.
ވީމާ މިކަންއެންގުމަށްޓަކާ އިޢުލާނުކުރީމެވެ.