ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ކެޔޮދޫ ސްކޫލުގެ ކަރަންޓް 3 ފޭސް އަށް ބަދަލުކުރުން
މި ސްކޫލުގެ ކަރަންޓް 3 ފޭހަށް ބަދަލު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކެޔޮދޫ ސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރިޚަށް އަންދާސީހިސާބު ހިއްޕަވައިގެން ކެޔޮދޫ ސްކޫލުގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
23 މާރިޗު 2015 ވާ (ހޯމަ) ދުވަހުގެ 14:00އަށް |
30 މާރިޗު 2015 ވާ (ހޯމަ) ދުވަހުގެ 14:00 އަށް |
އަދި ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6700804 ފޯނާ ގުޅުއްވުމުން އެދެމެވެ.
21 ޖުމާދަލްއޫލާ 1436