މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޯރ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް މަޝްރޫއަށް ޕްރޮގްރާމް އެނަލިސްޓް (ޕީ.އޭ) އެއް ހޯދުމާބެހޭ

ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޯރ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް މަޝްރޫއަށް ޕްރޮގްރާމް އެނަލިސްޓް (ޕީ.އޭ) އެއް ހޯދުމާބެހޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

 

ޕްރޮގްރާމް އެނަލިސްޓް (ޕީ.އޭ)

 

"ކެޕޭސިޓީ ސްރެންތަނިންގ ފޯ އިމްޕްރޫވްޑް ޓްރާންޕެރަންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވެސް" (ސީ.ބިޓް) އަކީ، މިމިނިސްޓްރީއާއި، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓަލް ޕްރޮގްރާމް (UNEP) އާއި ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މިގޮތުން ސީ.ބިޓް. ގެ މަސައްކަތްތައް ރާވާ ހިންގުމަށް ފަނަރަ (14) މަހަށް ޕްރޮގްރާމް އެނަލިސްޓް އައްޔަންކުރުމަށް ބޭނުންވެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން  06 ޑިސެމްބަރ 2023 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން؛ ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުގެ ”ނޯ އޮބްޖެކްޝަން“ ސިޓީ، ތިރީގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ހާރޑް ކޮޕީގެ ޒަރިއްޔާ އިން ހުށަހެޅުއްވުން އެދެމެވެ.

 

މިމަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 03 ޑިސެމްބަރ 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، [email protected]  އަށެވެ.  އީމެއިލް ކުރައްވާއިރު ސަބްޖެކްޓްގައި އިއުލާން ނަމްބަރާއި އިއުލާނުގެ ނަން ލިޔަންވާނެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނީ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޯރ އިމްޕްރޫވްޑް ޓްރާންސްޕޭރަންސީ އޮފް ކްލައިމެޓް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޝަންސް މަޝްރޫއަށް ޕްރޮގްރާމް އެނަލިސްޓް (ޕީ.އޭ) އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]  ވެބްސައިޓް: www.environment.gov.mv

ކޮޕީ: [email protected]

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މި އިއުލާން ކޮންމެ ވަގުތެއްތައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

27 ނޮވެންބަރު 2023
ހޯދާ