ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއިން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކޮށްދެއްވާނެ އެގްޒަމިނަރެއް ހޯދަން ބޭނުންވެއެވެ.އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.
- ބޭނުންވާ ޢަދަދު: 02 (ދޭއް) (01 އަންހެން، 01 ފިރިހެން)
- ޝަރުޠު:
- ފާއިތުވި 2 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން.
- ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑު ފޯމް.
- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
- އުޖޫރަ:
- ޓެސްޓްކުރާ ކޮންމެ A1،A0 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
- އެހެނިހެން ކެޓެގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ
- ހުށައަޅަންޖެހޭ ތަކެތި:
- މުއްދަތު ހަމަނުވާ އައިޑީ ކާޑް ކޮޕީ، އެއްގަމު ލައިސަންސް ކޮޕީ (ކެޓެގަރީތައް އެނގޭ ގޮތަށް)
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2023 ޑިސެންބަރު 05 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެއްގަމު ލައިސަންސް ދޫކުރުމުގެ އެގްޒަމިނަރަށްވުމަށް އެދޭ ފޯމް މި އިދާރާއަށް ހުށައެޅުއްވުން އެދެމެވެ. އަދި މިމަސައްކަތް ކުރުމަށް އެދޭ ފޯމް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް ހޯރަފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.
12 ޖުމާދަލްޢޫލާ 1445