ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ނަރުދޫ ސްކޫލްގެ ސްޓާފްރޫމަށް 40 ވޯރކް ސްޓޭޝަން ހެދުން

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިސްކޫލްގެ ސްޓާފްރޫމަށް 40 ވޯރކް ސްޓޭޝަން ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  މިސްކޫލްގެ އިޢުލާން ނަމްބަރު GS101/IUL/2023/17 (08 އޮކްޓޫބަރު 2023) ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

1        މި ސްކޫލްގެ ސްޓާފްރޫމަށް 40 ވޯރކް ސްޓޭޝަން ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2        މި ޕްރޮޖެކްޓާގުޅޭ ބިޑް ޑޮކިއުމަންޓްތައް މިހާރުން ފެށިގެން ރަސްމީގަޑީގައި މިސްކޫލްއިން ލިބެން ހުންނާނެއެވެ.

3        މިޕްރޮޖެކްޓްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން 29 ނޮވެންބަރު 2023 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކޮށް ރަސްމީގަޑީގައި މިސްކޫލަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ މިސްކޫލްގެ އީމެއިލް އެޑްރެހަށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އީމެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

4        މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5        މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޑިސެންބަރު 03 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.

6        ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 07 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.

7        މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބީލަން ފޮތާއި ބިޑް ފޯމް ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

8        މި ޕްރޮޖެކްޓާބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނަރުދޫ ސްކޫލް

ށ. ނަރުދޫ

ފޯން: 6540577

އީ-މެއިލް: [email protected]

26 ނޮވެންބަރު 2023
ހޯދާ