ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް

ހދ. ނޮޅިވަރަމުން ދިރިއުޅުމަށް 2000 އަކަފޫޓުގެ 160 ބަންޑާރަ ގޯތި ދޫކުރުމަށް ކުރެވުނު އިޢުލާން (ނަމްބަރު: (IUL)264/PRIV/2023/41) އަށް ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކޮށް ޝަކުވާ ހުށަހެޅުމަށް އިޢުލާންކުރަމެވެ.

ގޯއްޗަށްއެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވަނީ 2023 ވަނަ އަހަރު ގޯއްޗަށް އެދި ހުށަހަޅަން ކުރެވުނު އިޢުލާނާއިއެކު ޢާންމުކޮށްފައިވާ "ހދ.ނޮޅިވަރަމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް" އަދި " ހދ.ނޮޅިވަރަމުން ދިރިއުޅުމަށްޓަކައި ރަށްވެހިން ނޫން ފަރާތްތަކަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލް"  ގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިންކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އެޢުސޫލު މިއިޢުލާނާއެކު ޝާއިރު ކުރެވިފައިވާނެއެވެ.

ޕޮއިންޓް ލިބިފައިވާގޮތާމެދު، އިތުރަށް ކަމެއް ސާފުކުރެއްވުމަށް ނުވަތަ ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ސިޓީގެ ޒަރިއްޔާއިން ނޮޅިވަރަމް ކައުންސިލް އިދާރާއަށް ނުވަތަ [email protected] އަށް ، 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާއި ގުޅިގެން، މި ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

26 ނޮވެންބަރު 2023
ހޯދާ