ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
2024ވަނަ އަހަރު ހަނިމާދޫ ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން

ހަނިމާދޫ ސްކޫލް                                                                                                                        

 ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

 

ނަންބަރ: GS60(B)/2023/016 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. 2024 ވަނަ އަހަރު މި ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށައެޅޭނެ ފަރާތްތަކުގެ ޝަރުޠުތައް ބީލަން ފޮތުގައި ބަޔާން ކޮށްފައި ވާނެއެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2023 ނޮވެންބަރު 26 އިން 2023 ނޮވެންބަރު 30 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށައެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށައެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 ޑިސެންބަރު 02 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  5. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 05 ވާ އަންގާރަ ދުވަހުގެ 11:00 ގައިހަނިމާދޫ ސްކޫލު އޮފީހުގެ ރިސެޕްޝަން ގައެވެ. 
  6. މި ޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
  7. މި ޕްރޮޖެކްޓް ތަކާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

ރަޖިސްޓްރޭޝަން ފޯމްގެ ލިންކު:

https://docs.google.com/forms/d/e/1FAIpQLSfVFY4jxAxj2T9t-WDF-b1yb8OqvJYwB44nDLGxD72bVIw7bg/viewform

                                   12 ޖުމާދުލްއޫލާ 1445                   

                                   26 ނޮވެންބަރު 2023                                                   

 

26 ނޮވެންބަރު 2023
ހޯދާ