ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2023/59 |
ތާރީޚް |
12 ޖުމާދިލްޢޫލާ 1445 |
|
26 ނޮވެމްބަރ 2023 |
ވޮލީ ކޯޓު ސަރަޙައްދު ރުއްގަނޑު ކުއްޔަށް ދޫކުރުން
ގދ.ވާދޫގެ ދެކުނުފަރާތު ( ވޮލީ ކޯޓު ސަރަޙައްދު ) ގައިވާ ރުއްގަނޑު ކުއްޔަށް ދޫކުރުމަށްކުރި މިއިދާރާގެ ނަންބަރ: (IUL)421/421/2023/53 ނަންބަރ އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ،މިދެންނެވި ރުއްގަނޑު ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހަޅަންވާނެވެ. އަދި މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން
- މަސްޢޫލުވާ ފަރާތުގެ ނަން
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ
- އީމެއިލް އެޑްރެސް
- ގުޅޭނެ ފޯނުނަންބަރު
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
04 ޑިސެމްބަރ 2023 |
ހޯމަ |
13:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
06 ޑިސެމްބަރ 2023 |
ބުދަ |
14:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް