ދިވެހިރާއްޖެ
ނޫސްބަޔާން
އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައިޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކުރުން
އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން އެ މައްސަލަ މި އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ހޯދި މަޢްލޫމާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމުގެ މަސައްކަތް އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފަށާފައިވާކަން މި އެޖެންސީއަށް ޔަޤީންކުރެވިފައިވެއެވެ.
އެހެންކަމުން، އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އީ.އައި.އޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމުގެ މަސައްކަތް ފެށުމާއި ގުޅިގެން ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު) 20 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން 20,000/-ރ. (ވިހިހާސް ދިވެހިރުފިޔާ) އިން އަލީ ބޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވަނީ 22 ނޮވެންބަރު 2023 ގައި ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކުމަށް އެންގިފައެވެ.
އަދި، ޖޯލި މުރަވަންދޫ (ރ. މުރަވަންދޫ) ގައި މުރަކަ އާލާކުރުމަށް މިހާރު ކުރެވިފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކާއި ގުޅިގެން މިހާރު ރަށުގެ ތިމާވެށީގެ ހާލަތު އީ.އައި.އޭ ކޮންސަލްޓަންޓެއް މެދުވެރިކޮށް ވަޒަންކުރުމަށްފަހު އެކަމާގުޅޭ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި ހުށަހެޅުއްވުމަށްވެސް ވަނީ ދަންނަވާފައެވެ.