އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މެނޭޖަރ - ފްރޮންޓް އޮފީސް

މި އިޢުލާންވަނީ 29 ނޮވެންބަރު 2023 10:16 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން ނަންބަރު: ASND-HCM-IUL-2023-096

މަޤާމް: މެނޭޖަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް/ސެކްޝަން: ފްރޮންޓް އޮފީސް

ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް،މާލެ

 

މަޤާމުގެ ޝަރުތު:

  1. ހިއުމަން ރިސޯސް މެނޭޖްމަންޓް/ ޕީ.އާރް/ މާރކެޓިން ނުވަތަ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ފްރޮންޓް އޮފީސް މުވައްޒަފުންގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރުމަށް މަގުދައްކައި އެ މުވައްޒަފުން މަސައްކަތު ފެންވަރުބެލުމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުުރުން.
  2. ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ކުރިމަތިވާ ސުވާލުތަކާއި މައްސަލަތައް ދެނެގަނެ އެ މައަސަލަތައް ހައްލުކުރުން.
  3. ފްރޮންޓް އޮފީސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޑިއުޓީތައް ހަމަޖައަސައި ޝެޑިއުލް ކުރުންް.
  4. ކޮންމެ ދުވަހަކަށް ހަމަޖެހިފައި ހުންނަ ދުވަހުގެ މަސައަކަތްތައް ހަމަޖައްސައި، އެ މަސައަކަތްތައް ފުރިހަމަ ކުރެވޭ މިންވަރު ބަލައި، ފްރޮންޓް އޮފީސް މުވައަޒަފުންނަށް އެ ދުވަހެއްގައި ހަމަޖެހިފައިވާ މަސައަކަތްތަކަށް ތައްޔާރު ކުރުވުން.
  5. ކަސްޓަމަރ ސާވިސް އެކްސްޕީރިއެންސް ތަރައްގީކުރުމަށް ކުރިއަށް ގެނދަންޖެހޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ލިޔެކިޔުން ތައްޔާރުކުރުން.
  6. ފްރޮންޓް އޮފީސް މުވައްޒަފުންގެ މަސައްކަތާ ގުޅުންހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުވުމުގައި ނަސޭހަތް ދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހަރުދަނާ ލީޑަރޝިޕް ހުނަރު ހުރި ފަރާތެއް ކަމުގައިވުން.
  2. އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.

 

މުސާރައާއި އިނާޔަތް :

- -/30،300 ރުފިޔާ

- އެޓެންޑަންސް އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް

 

ކުރިމަތިލުމުގެ ސުންގަޑި: 02 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި އޮފީހުގެ ވަޒީފާއަށް އެދޭ ފޯމު.
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ:
  • ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ.
  • ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ ހޭދަވީ މުއަދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 3011419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ނޮވެންބަރު 2023
ހޯދާ