ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބު 2023 - އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް ހުޅުވައިލުން

7 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ޢައްޔަނުކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން 1 ޑިސެންބަރު 2023 ވާ ހުކުރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

އެހެންކަމުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށްޓަކައި، ކަނޑައެޅިފައިވާ

ފޯމް: https://forms.gle/A4iPJW5wNLfwVh4d8 މެދުވެރިކޮށް، 1 ޑިސެންބަރު 2023 ވާ ހުކުރު ދުވަހުގެ 23:59 އާ ހަމައަށް ބާ ކައުންސިލުގައި ރަޖިސްޓަރކުރެއްވުން އެދެމެވެ.

24 ނޮވެންބަރު 2023
ހޯދާ