ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދނާ ކުރުން
މަސައްކަތް: ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓް ތަރައްޤީ ކުރުމަށް ކޮންސަލްޓެއްޓެއް
ދިވެހިރާއްޖޭގެ ތަފާސްނިޒާމު ހަރުދަނާކޮށް އިތުރަށް ތަރައްޤީކުރުމަށްޓަކައި ވާރލްޑް ބޭންކް ޓްރަސްޓް ފަންޑް TF013570 TFSCB Grant No:ގެ ދަށުން ލިބިފައިވާ އެހީގެ ދަށުން ކޮންސަލްޓެންޓެއްގެ އެހީ ހޯދުމަށް ބޭނުންވެއެވެ.
މި ކޮންސަލްޓީގެ ދަށުން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ވެބްސައިޓް މެދުވެރިކޮށް ތަފާސްހިސާބު ބޭނުންކުރާ ފަރާތްތަކަށް ފަސޭހައިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް މަގުފަހިކޮށް، ގްރެފިކްސް ފަދަ މުޢާމަލާތުކުރަން ފަސޭހަ ގޮތްތަކަށް ތަފާސްހިސާބު ވެބްސައިޓުގައި ލިބެންހުރުމާއެކު، މިހާރުގެ ވެބްސައިޓް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ބޭނުންވެއެވެ.
މި ކޮންސަލްޓެންސީގެ ދަށުން ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު މިތަނުގެ ވެބްސައިޓް www.planning.gov.mv އަދި www.statisticsmaldives.gov.mv ގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސްގައި ހިމަނާފައިވާނެއެވެ. މި މަސައްކަތަށް ހޮވޭ ފަރާތެއް މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައެވެ. އަދި މި މަސައްކަތް 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ހަވާލުކުރެވޭ މަސައްކަތް ނިންމަންވާނެއެވެ.
މިކަމަށް ފަރާތެއް ހޮވޭނީ ވާރލްޑްބޭންކްގެ Guidelines: Selection and employment of Consultants under IBRD Loans and IDA Credits & Grants by World Bank Borrowers – January 2011 (“Consultant Guidelines”) ގެ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ އަދި ޝަރުޠު ހަމަވާ ފަރާތްތަކުން 22 މާރިޗު 2015 ވަނަ ދުވަހުގެ 3:00 ގެ ކުރިން ސިޓީއަކުން، އީމެއިލުން ނުވަތަ ފެކްސްއިން ތިރީގައިމިވާ ތަކެތި ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
1- ވަނަވަރުގެ އިލެކްޓްރޯނިކް / ދެލިކޮޕީއެއް
2- ޓީ އޯ އާރ ގައިވާ ފަދައިން މި މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް
3- މަސައްކަތް ފެށިދާނެ އެންމެ އަވަސް މުއްދަތެއް
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު އޮފީސް ބަންދުނޫން ދުވަސްދުވަހުގެ ހެނދުނު 8:00 ން ހަވީރު 3:00 އާ ދޭތެރޭ މި ތަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ޢާއިޝަތު ޝަހުދާ (ޗީފް ސްޓެޓިސްޓީޝަން)
5 ފިނޭންސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ، އަމީނީ މަގު، 20379
މާލެ'، ދިވެހިރާއްޖެ
ޓެލެފޯން: 9434 334 960 00
ފެކްސް: 7351 332 960 00
އީ-މެއިލް: [email protected], [email protected]