ދިވެހިރާއްޖެ
މި ރަށުގެ ރައްޔިތުންނަށް ހާއްސަކޮށްގެން، ނިޔަމިކަމަށް ޝައުޤުވެރިވާ އެކަމަށް މަގުފަހިކުރުމުގެ ގޮތުން، މިކައުންސިލް އިދާރާއާއި މިރަށު ސައުދީމަންޒިލް / އިބްރާހިމް ޝުޖާއު އާއި ގުޅިގެން ނިޔަމި ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ހިންގުމުގެ ހުރިހާ ޙަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އިބްރާހިމް ޝުޖާޢުއެވެ. އެހެންކަމުން ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަށް ހަމަޖެހިފައެއް ނުވެއެވެ.
ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:
- 18 އަހަރުފުރިފައި ހުރި މީހެއްކަމުގައިވުން
- ދިވެހި ލިޔަންކިޔަން އެނގުމާއިއެކު އެއްކޮށް ކަނޑާ ގުނަކުރަން އެނގުމެވެ.
އެހެންކަމުން، މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 14.00ގެ ކުރިން ކޯހުގައި ބައިވެރި ވުމަށް އެދޭ ފޯމް މި ކައުންސިލް އިދާރާއަށް އައިޑީކާޑު ކޮޕީއާއެކު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް ރަސްމީ ގަޑީގައި މިކައުންސިލް އިދާރާގެ ކައުންޓަރުން ލިބިވަޑައި ގަންނަވާނެއެވެ. އަދި https://forms.gle/vqfLCdYeeqkpQSHm6 މި ލިންކް މެދުވެރިކޮށް ފޯމް ހުށަހަޅަމުން ގެންދިޔުން އެދެމެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލުމާތު ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ނަންބަރު ފޯނަށް (6500016) ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 ޖުމާދަލްޢޫލާ 1445