ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްބޯޅަދަނޑަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކޮށްދެވިދާނޭ އަގު ހޯދުން

ގދ. ނަޑެއްލާ ފުޓްބޯޅަދަނޑަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކޮށްދެވިދާނޭ އަގު ހޯދުން

ގދ. ނަޑެއްލާގައި ބޭނުންކުރާ 310x430 ފޫޓުގެ ފުޓްބޯޅަދަނޑަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކޮށްދެވިދާނެ އަގުގެ ކޯޓޭޝަނެއް 26 މާރިޗު 2014 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ. މި އިދާރާގެ މެއިލް އެޑްރެހަކީ: [email protected] އަދި ފެކްސް ނަންބަރަކީ: 6840007 އެވެ.

ތިރީގައި މިވަނީ ފުޓްބޯޅަދަނޑަކަށް ފަސްއަޅައި ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރުމުގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ގެންގުޅޭ މިންގަނޑެވެ. ސުރުޚީގައި ދަންނަވާފައިވާ މަސައްކަތް ކުރަން ޖަހާނީ މި މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ފުޓްބޯޅަދަނޑު ލެވެލް ކުރުމަށް ގެންގުޅޭ މިންގަނޑު

  • ތަން: ގދ. ނަޑެއްލާ ފުޓްބޯޅަދަނޑު. 
  • ލެވެލްކޮށް ފަސްގަނޑު ހަރުކުރަންޖެހޭ ސަރަޙައްދުގެ ބޮޑުމިން: 133,300.00 އަކަފޫޓު. 
  • ފުޓްބޯޅަދަނޑުގެ ސަރަޙައްދުގައިވާ ފަސްގަނޑު 2 ފޫޓަށް ކޮނެ ފަސްފުރާނައި ލެވެލްކުރުން. 
  • ފުޓްބޯޅަދަނޑުގެ ސަރަޙައްދުގައިވާ ފަސްތައް ބޭނުންކޮށްގެން ފަސްގަނޑު ލެވެލްކުރުން.
  • ފަސްގަނޑުން ނެގޭ ވިނަ ގަސް އަދި އެނޫންވެސް ޤުދުރަތީގޮތުން ހަލާކުވާފަދަ ތަކެތި ފުރޭނުމުގެ ތެރޭގައި ގަލާއި ވަކިކޮށް އަނބުރާ ފަސްގަނޑުގެ ތެރެއަށް އަޅައިގެން ނުވާނެއެވެ. އަދި މިފަދަ ތަކެތި ސައިޓުގައި ނުބަހައްޓާ އުކާލުމަކީ މަސައްކަތާ ހަވާލުވާ ފަރާތެއްގެ މަސްއޫލިއްޔަތެކެވެ.
  • ފަސްގަނޑު ލެވެލްކުރާއިރު ސްލޯޕް ކުރެވިފައި ހުންނަންވާނީ މުޅި ސަރަޙައްދު މެދަށް އުސްކޮށް ހުންނަގޮތަށެވެ. އަދި ސްލޯޕް ކުރެވިފައި ހުންނައިރު ދެފަރާތުގެ ކައިރީގެ ލެވެލް ހުންނަންވާނީ މަގުމައްޗާ އެއްލެވެލެއްގައެވެ. ދަނޑުގެ ސްލޯޕް ހުންނަންވާނީ ކޮންމެ 200 ފޫޓަކުން 1 ފޫޓު އުސްވަމުންދާގޮތަށެވެ.
  • ލެވެލް ކުރުމަށް އެންމެ މައްޗަށް އަޅާ ވެއްޔަކީ ބިންގަނޑު ހަރުކުރެވޭކަހަލަ ވެއްޔަކަށް ވާންވާނެއެވެ.
  • ލެވެލެކުރުމަށް ވެލި ބޭނުންވެއްޖެނަމަ، ވެލިނަގާނެތަނެއް މަސައްކަތުގެ ވެރިފަރާތުން ދައްކަންވާނެއެވެ. މިގޮތުން ފަސްނެގުމަށް ބިމުން ތަނެއް ކޮންނަންޖެހިއްޖެނަމަ ފަސްނަގާ ކޮންމެ ތަނެއް ފިލްކުރަންވާނެއެވެ. ފިލްކުރަން އަޅާ އެއްޗަކީ ކުނި ފިޔަވައި ކޮންމެ ވައްތަރެއްގެ ވެލި ގައުކުނޑި ނުވަތަ އަކިރިފަދަ އެއްޗަކަށް ވިޔަސް އެންމެ ރަނގަޅެވެ.
  • މަސައްކަތް ނިންމުމަށްފަހު ކޮންޓްރެކްޓަރުގެ އިހުމާލުން ހަޑިވެފައިވާ ތަންތަން ރަނގަޅަށް ސާފުކުރަންވާނެއެވެ.
    ބިންގަޑު ލެވެލް ކުރުމަށްފަހު ފެންޖަހައި ފަސްގަނޑު ބާރުކުރުމަށްފަހު ރޯލަރު ބޭނުންކޮށްގެން ފަސްގަނޑު ހަރުކުރަންވާނެއެވެ. ބިންގަނޑު ހަރުކުރުމަށް ބޭނުންކުރާނީ 5 ކިލޯގެ ރޯލަރެވެ.   

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ޖުމާދަލްއޫލާ 1436

16 މާރިޗު 2015
ހޯދާ