ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ ކައުންސިލް އަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން.

އިޢުލާން

 

ގދ.ގައްދޫ ކައުންސިލް އަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން.

 

ގދ.ގައްދޫ ކައުންސިލް އަށް އިންޓާންޝިޕްގެ ދަށުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދަން ބޭނުންވެއްޖެއެވެ.

ބޭނުންވާ އަދަދު:                    01  

މުއްދަތު:                          03 މަސްދުވަސް 

އުމުރު:                         16 އަހަރާއި 30 އަހަރާއި ދެމެދު

އެލެވަންސް/ޕޮކެޓްމަނީ:                މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/165ރ

މަސައްކަތު ގަޑި:                    06 ގަޑިއިރު

ވަޒީފާ އަދާކުރަންޖެހޭތަން:              ގދ.ގައްދޫ ކައުންސިލް އިދާރާ

 

ޝަރުތު:

 

ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

     

މަސްޢޫލިއްޔަތު: ކައުންސިލުން އަންގާ ގޮތެއްގެ މަތިން ކައުންސިލްގެ އިދާރީ މަސައްކަތްތައް ކުރުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް (ފޯމް ގައްދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ)
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެ ފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭގޮތަށް ފެންނަ ކޮޕީއެއް.
  3. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނެ ގޮތަށް)
  4. ވަޒީފާ އަށް އެދޭ ފަރާތުގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 

އިންޓާންޝިޕް އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ލިބިފައިވާ އެހެނިހެން ހުނަރު
  3. ޤާބިލްކަން ކަށަވަރު ކުރުމަށް އިންޓަރވިކުރުން

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މުވައްޒަފުން ނެގުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 29 ނޮވެމްބަރ 2023 އާއި 30 ނޮވެމްބަރ 2023 އާއި ދެމެދުގައި ގައްދޫ ކައުންސިލް އިދާރާގައެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާ އަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ގައްދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާ އަށް އެދޭ ލިޔެކިޔުންތައް އީމެއިލް މެދުވަރިކޮށް ފޮނުވާނަމަ ގައްދޫ ކައުންސިލް އިދާރާގެ މެއިލް [email protected] އަށް މެއިލް ކުރުމަށްވެސް ދެންނެވީމެވެ.

 

އިތުރު މަޢުލޫމާތު ހޯދުން:

މި ވަޒީފާ އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވެލައްވާނަމަ ގައްދޫ ކައުންސިލް އިދާރާގެ ނަންބަރ 6840003 އަށް ގުޅުއްވުން އެދެމެވެ.

 

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.   

                           23  ނޮވެމްބަރ  2023

23 ނޮވެންބަރު 2023
ހޯދާ