ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ވަގުތީ)

އިޢުލާން

                    ދ.ކުޑަހުވަދޫ ފުޓްބޯޅަދަނޑު ސާފުކޮށް ބެލެހެއްޓުމަށް ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެވެ.

މަޤާމް:

ކައުންސިލް އެސިސްޓެންޓް      ( މަސައްކަތު )

ބޭނުންވާ ޢަދަދު: 01  ( 18 އަހަރު ފުރި 60 އަހަރު ނުފުރޭ ބޭފުޅުން )

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް ( މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން ޕާޓްޓައިމްކޮށް 02 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ(.

މުސާރަ:

މުސާރަ ( މަހަކު ) -/3100 ރ ( ތިންހާސް އެއްސަތޭކަ ރުފިޔާ )

ސަރވިސް އެލަވަންސް:

ސާރވިސް އެލަވަންސް -/1800 ރ ( އެއްހާސް އައްސަތޭކަ ރުފިޔާ )

އިތުރު އެލަވަންސަތައް:

އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ ދިވެހިރާއްޖޭގެ ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން އިތުރުގަޑީގެ ފަސާދެވޭނެއެވެ.

ޢާއްމުކޮށް މަސަތްކަތް ދުވަހާއި ގަޑި:

ހަފްތާއަކު 6 ދުވަސް، ދުވާލަކު 5 ގަޑީއިރު (ހެނދުނު 6:00 ން 11:00 އަށް)

ފެންވަރު ނުވަތަ ޝަރުޠު:

1 . ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

2 . ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1 - ކޮންމެ ދުވަހަކު 1 ފަހަރު ދަނޑަށް ފެންޖެހުމުގެ މަސައްކަތްކުރުން

2 – ކޮންމެ ދުވަހަކު މަދުވެގެން 3 ގަޑީއިރު ވިނަނޮޅުމުގެ މަސައްކަތްކުރުން

3 – ދަނޑުގައި އަޅާފައިވާ ޓާފަށް 2 ދުވަހުން އެއްދުވަހު މުޅި ދަނޑަށް ފެންޖެހުން.

4 – ފުޓުބޯޅަ ދަނޑުގެ ވަށައި އިންފާރުންފެށިގެން މަގުގެ ދެބައި ކޮޅަށް އެއްބައި ކޮންމެދުވަހަކު ކުނިކަހައި ވިނަނޮޅައި ސާފުކުރުން.

4- ކައުންސިލް އިދާރާއިން އަންގަވާގޮތެއްގެ މަތިން އިތުރު ގަޑީގައި މަސައްކަތްކުރުން

5- މަސައްކަތްކުރަންޖެހޭ ދަނޑުގައި ފުޓްބޯޅަ މުބާރާތެއް ހިނގާނަމަ ކައުންސިލުން ކަނޑައަޅާގޮތަކަށް އެމަސައްކަތުގައި ބައިވެރިވުން

6- ހަފްތާއަކު 1 ދުވަހު ހިނަވާގެ ކުނިކަހާ ސާފްކޮށް ބެލެހެއްޓުން

7 – ބޯޅަގެއާއި ޗޭންޖިންރޫމް ފޮޅާ ސާފުކުރުން.

8 – އޮފީހުން އަންގާ ގޮތެއްގެ މަތިން ފުޅުބޯޅަ ދަނޑުގެ ގޭޓު ހުޅުވައި ލެއްޕުން.

9 – ކައުންސިލް އިދާރާއިން އަންގާގޮތެއްގެ މަތިން ބޯޅަދަނޑުގެ ލައިޓްތައް ގަޑިންގަޑިއަށް ދިއްލައި ނިއްވުން.

10- އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

11. އިމާރާތުގެ ލައިޓްތައް ބަދަލުކުރުންފަދަ ކުދިކުދި މަރާމާތުތައްކުރުން.

12.  ތަނުގައި ބޭނުންކުރާ ލައިޓްތައް ދިއްލައި ކަރަންޓް ޚަރަދު ކުޑަކުރުމަށް ބާރުއަޅާ ބޭނުންނުވާ ލައިޓްތައް ނިއްވާ ބެލެހެއްޓުން.

13. މީގެ އިތުރުންވެސް ކައުންސިލުން އަންގާ ތަނާގުޅުންހުރި މަސައްކަތްތައް ކުރުން.

14. އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

އިންޓަވިއު އޮންނާނެ ތަނާއި   މުއްދަތު:

އިންޓަވިއު އޮންނާނީ 2023 ޑިސެމްބަރ 03 ން ފެށިގެން ރަސްމީ 5 ދުވަހުގެ މުއްދަތަށް  ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަންވާނެއެވެ. އިންޓަވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި އެފަރާތެއްގެ ވަޒީފާގެ ފުރުސަތު ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެ ކަމުގައި ދަންނަވަމެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2023 ނޮވެމްބަރ 30 ވަނަ ދުވަހުގެ މެންދުރު ފަހު 13.00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށް އެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބިވަޑައި ގަންނަވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1 - ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ކައުންސިލް އިދާރާއިން ލިބޭނެއެވެ. )

2 – ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތް ކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް

3 – ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް

4 – ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ  ސާފުކޮޕީއެއް

5 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތުން ބަޔާންކުރާ ފޯމް 

މިއިޢުލާނާއި  ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522، 6760667 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.

     

      ވީމާ މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

09 ޖުމާދުލްޢޫލާ 1445

23 ނޮވެންބަރު 2023
ހޯދާ