މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޓްރިންގަރ

މަޤާމު:

ސްޓްރިންގަރ

ބޭނުންވާ އަދަދު:

08

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން  މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ ތިން މާއްދާއިން ފާސްވެފައިވުން، ނުވަތަ ބްރޯޑްކާސްޓިންގ ޖާނަލިޒަމާ ބެހޭ ބޭސިކް ތަމްރީނު ކޯހެއް ފުރިހަމަކޮށް މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

އެމްބީސީގެ ޤާނޫނާއި ސިޔާސަތުތަކާއި އެޑިޓޯރިއަލް ގައިޑްލައިނާ އެއްގޮތްވާ ގޮތުގެމަތިން މިކޯޕަރޭޝަނުން ކޮންޓެންޓް އުފައްދައި، އެކި މީޑިއަމްތަކަށް ބޭނުންވާނޭ ވީޑިއޯއާއި ފޮޓޯ އަދި ޚަބަރާއި ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވައި ހުށަހަޅައިދިނުމެވެ.

މަސައްކަތް ކުރަންޖެހޭ ތަން:

އެއަތޮޅެއްގެ ވެރިކަންކުރާ ރަށުގައި 1 ސްޓްރިންގަރ. (ހއ.ދިއްދޫ، ހދ.ކުޅުދުއްފުށި، ށ.ފުނަދޫ، ބ.އޭދަފުށި، މ.މުލި، ލ.ފޮނަދޫ، ޏ.ފުވައްމުލައް، ދ.ކުޑަހުވަދޫ)

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މީހުން ހޮވުމުގައި، މިދާއިރާގައި ޚިދުމަތްކޮށް ތަޖުރިބާ ލިބިފައިވާ މިންވަރަށް ބެލޭނެއެވެ. އަދި ވެރިކަން ކުރާ ރަށަށް ނިސްބަތްވާ މީހުންނަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

މަހަކު -/3000 ރުފިޔާ

8 ޚަބަރަށްވުރެ އިތުރަށް ހަދާ ކޮންމެ ޚަބަރަކަށް:

-/150 ރުފިޔާގެ ރޭޓުން އިތުރަށް ފައިސާ ދެވޭނެއެވެ.

ޚަބަރު ކަވަރ ކުރުމުގައި އަތޮޅު ތެރޭގައި ހަރަކާތްތެރިވުން:

ކަނޑައެޅިފައިވާ އުސޫލުން އެކޮމޮޑޭޝަން، ދަތުރު ފަތުރު އަދި ކެއުމުގެ ޚަރަދު ދެވޭނެއެވެ. އިންޓަރނެޓް އަދި ފޯނު އެލަވަންސް ކަނޑައެޅިފައިވާ އުސޫލުން ދެވޭނެއެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 މާރިޗު 15 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ / 3000284، 3000210 ނަންބަރު ފޯނާއެވެ.

10 ޖުމާދަލްއޫލާ 1436

01 މާރިޗު 2015
ހޯދާ