މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ޙިފްޡުކޮށް އިމާމުވެ ތަރާވީޙް ނަމާދުކުނެ ޙާފިޠުން ހޯދުމަށް

1436 ވަނަ އަހަރުގެ ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގެ މިސްކިތްތަކުގައި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ ފަރާތްތަކަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފައިސާގެ އެހީހެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ގޮތުން ފައިސާގެ އެހީ ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިވަނީއެވެ.

1. އެލަވަންސް ދެވޭނީ ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރެއްވޭނެ ކަމަށް އަތޮޅު ކައުންސިލްގެ އިދާރާތަކުންނާއި ސިޓީ ކައުންސިލްގެ އިދާރާތަކުން ހުށަހަޅާ ޙާފިޡުކަމުގެ ސެޓުފިކެޓު ލިބިފައިވާ ފަރާތްތަކަށެވެ.

2. މި ފައިސާ ދެވޭނީ ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ (ބިދޭސީ) ޙާފިޠަކަށް ކޮންމެ ރެއަކަށް -/200 ރުފިޔާއެވެ. އަދި ރާއްޖޭގެ ޙާފިޠަކަށް އިމާމުވެ ތަރާވީޙުކުރާ ކޮންމެ ރެޔަކަށް -/400 ރުފިޔާ މިގޮތުން ފައިސާ ދެވޭނީ ރެއަކަށް މިސްކިތަކަށް 2 އިމާމުންނަށްވުރެ އިތުރުނުވާ ގޮތަށެވެ.

3. ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރާ ފަރާތްތަކަށް ހުއްދަ ހޯދުމަށް އެދި 04 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ކުރިން އަތޮޅު ކައުންސިލްތަކުންނާއި ސިޓީ ކައުންސިލްތަކުގެ އިދާރާއިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. މި ތާރީޚުގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

4. ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުމަށް ރާއްޖެއިން ބޭރުގެ މީހަކު ގެންނަ ނަމަ، އެމީހަކު ރާއްޖެ ގެނައުމުގެ ކުރިން މި މިނިސްޓްރީން ހުއްދަ ހޯދަންވާނެއެވެ. އަދި އެފަރާތެއް ރާއްޖޭގައި ހުރުމަށް ބޭނުންވާ ސްޕެޝަލް ވިސާ ހޯދަންވާނެއެވެ.

5. ރާއްޖޭގައި ހުރި ބިދޭސީއަކު ލައްވާ ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުވާނަމަ، އެމީހެއްގެ ވާރކް ވިސާއާއި ޙާފިޡުކަމުގެ ސެޓުފިކެޓު އޮންނަންވާނެއެވެ.

6. މި މިނިސްޓްރީން ހުއްދަ ލިބިގެން ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދުކުރުވާ ފަރާތްތަކަށް ކަނޑަ އެޅިފައިވާ ފައިސާ ދެވޭނީ ހާޒިރީ ރިޕޯޓެއް އަތޮޅު ކައުންސިލުގެ އިދާރާއިން ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއިން ޝައްވާލުމަހުގެ 15 ވަނަ ދުވަހުގެ ކުރިން މި މިނިސްޓްރީއަށް ފޮނުވުމުންނެވެ.

7. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފައިސާ ލިބޭގޮތަށް ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުވާނީ އަތޮޅު ކައުންސިލުގެ އިދާރާ ނުވަތަ ސިޓީ ކައުންސިލްގެ އިދާރާ މެދުވެރިކޮށް މި މިނިސްޓްރީން ލިޔުމަކުން ހުއްދަ ލިބުމުންނެވެ. (ހުއްދަ ނުލިބި ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުވި ކަމުގައި ވިޔަސް މި ފައިސާ ލިބޭނެގޮތް ހަމަޖެހިފައެއް ނުވެއެވެ.)

8. އެލަވަންސް ލިބޭގޮތަށް ޙިފްޡުކޮށް އިމާމުވެ ތަރާވީޙު ނަމާދު ކުރުމުގެ ހުއްދަ ހޯދުމަށް ހުށަހަޅާއިރު ތިރީގައިވާ ތަކެއްޗާއި މަޢުލޫމާތުތައް ހުށަހަޅަންވާނެއެވެ.

ހ. ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙު ނަމާދުކުރާ ފަރާތުގެ ނަމާއި އެޑްރެސް އަދި ރަށުގެ ނަމާއި މިސްކިތުގެ ނަން

ށ. ޙިފްޡުކޮށް (މުޞްޙަފް އެކީގައި ނުބަލައި) އިމާމުވެ ތަރާވީޙު ނަމާދު ކުރައްވާ ފަރާތުގެ ޙާފިޡު ކަމުގެ ސެޓުފިކެޓުގެ ކޮޕީ ނުވަތަ

ނ. ޙިތްޡުކޮށް ތަރާވީޙު ނަމާދު ކުރެވޭނެ ފަރާތެއްކަން އެންގޭނޭ ލިޔުމެއް،  ކުއްލިއްޔާ ނުވަތަ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ލިބިފައިވާ ލިޔުމުގެ ކޮޕީ

ރ. ރާއްޖޭގައި އުޅޭ ބިދޭސީއެއްނަމަ އެމީހެއްގެ ވާރކް ވިސާގެ ކޮޕީއާއި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.

ބ. ރާއްޖެއިން ބޭރުން ގެންނަ ފަރާތެއްނަމަ އެމީހެއްގެ ޕާސްޕޯޓް ކޮޕީއާއި ޙާފިޡުކަމުގެ ސެޓުފިކެޓުގެ ކޮޕީ.

ޅ. ރާއްޖޭން ބޭރުން ގެންނަ ބިދޭސީއެއްނަމަ، އެމީހަކު ދާން ބޭނުންވާ ރަށުގެ ނަން އެނގޭނެ ލިޔުމެއް

ކ. ރާއްޖޭން ބޭރުން ގެންނަ ބިދޭސީއެއްނަމަ އެމީހެއް އެލަވަންސް ޖަމާކުރާނެ އެކައުންޓް ނަންބަރު އެނގޭނެ ލިޔުމެއް

އ. ރާއްޖޭގެ ޙާފިޡެއްނަމަ އައިޑީކާޑުގެ ކޮޕީ

09 މާރިޗު 2015
ހޯދާ