ދިވެހިރާއްޖެ
2015 ވަނަ އަހަރު ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
2015 ވަނަ އަހަރު މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ސްކޫލުގެ ލައިބުރަރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 19 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ގެ ކުއްޔަށް ދިނުމަށް އެދި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާއިރު ކުއްޔަށްދޭން ބޭނުންވާ އަގު (މަހަކަށް) އަދި ގޭގެ ޗާޓާއި ގޭގައިހުރި ތަކެތީގެ ލިސްޓަކާއެކު ދެވެންހުރި އެހެނިހެން ޚިދުމަތްތަކުގެ ތަފުސީލު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތް ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ބަދަލުގައި އެހެން ބޭފުޅަކުވެސް ފޮނުވިދާނެއެވެ.
އަދި، މި ސްކޫލުގެ ނަންބަރު: GS-186/IU/2015/09 ގެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
21 ޖުމާދަލްއޫލާ 1436