ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް 15 މަގުބައްތި ދަނޑި ތައްޔާރުކޮށް އެބައްތިތައް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރިންކުރި އިޢުލާނާއި ގުޅިގެން ހުށަހެޅިއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުމާއި ލިޔުންތައް ފުރިހަމަކޮށް ހުށަހެޅި ފަރާތްތަކުގެ އަގުބޮޑުވުމާއި ގުޅިގެން އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 ނޮވެމްބަރ 2023 ވާ ބުދަ ދުވަހުގެ 13:15އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ އަގު ހުށަހަޅާ ފޯމުގައެވެ. އަގު ހުށަހަޅާ ފޯމު މިއިދާރާގެ ކައުންޓަރުން ރަސްމީގަޑީގައި ލިބެންހުންނާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- މި އިޢުލާނާއި އެކުގައިވާ ކުރެހުމުގައިވާ މިންތަކާއި އެއްގޮތައް 15 ސިންގަލް އާމް ހޮޅިދަނޑި ހެނދުން.
- ހޮޅިދަނޑި ހަދާއިރު ވެލްޑިންކުރާތަންތަނުގައި އާއި މުޅި ދަނޑީގައި ރެޑްއޮކްސައިޑް ލާންވާނެ.
- ކުރެހުމާއި އެއްގޮތަށް ހޮޅިދަނޑިން ސަރކެޓްހަރުކުރާތަން ކަނޑާ އެތާ މަތިގަނޑު ހެދުން.
- ސަރކެޓް ހަރުކުރުމަށް ހަދާތަނުގެ މަތިގަނޑު ހަރުކުރާއިރު M7 ނުވަތަ 9mm ގެ ބޯލްޓެއް ޖެހުން.
- ދަނޑިތަކުގެ ޖޮއިންޓްތައް އެކަށީގެންވާވަރަށް ފައްތަރުކޮށް ބަލިނުވާވަރަށް ޖޮއިންޓްތައް ހަދަންވާނެއެވެ.
- ކައުންސިލުން ދައްކާ ތަންތަނުގައި '1.5 x '1.5 ފޫޓުގެ ބުޑެއް އެޅުމަށްފަހު ހޮޅިދަނޑިތައް ޖެހުން.
މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6520042 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.