ދިވެހިރާއްޖެ
އިޢުލާން
މި ކައުންސިލުން ސިލްސިލާކޮށް އަތޮޅު ފެންވަރުގައި ފާހަގަކުރަމުންގެންދާ މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ހއ. އަތޮޅުގެ އެންމެ ޒުވާން މަސްވެރިޔާ، އެންމެ ދުވަސްވީ ކެޔޮޅު އަދި މަސްވެރިކަމުގައި އުޅުއްވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހއ.އަތޮޅު ކައުންސިލުން ޚާއްޞަ އެވޯޑެއް ދިނުމަށް ވަނީ ނިންމާފައެވެ. މި އިނާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހއ.އަތޮޅުގެ މަސްވެރިކަމުގައި އުޅުއްވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މި އެވޯޑަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ މި ދެންނެވި ފަރާތްތަކުން 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ފުރިހަމަކުރައްވައި މި އިދާރާއަށް ނަން ހުށަހެޅުއްވުން އެދެމެވެ.
އަދި އެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމް މި އިދާރާއިންނާއި، މި އަތޮޅުގެ ރަށުކައުންސިލްތަކުންނާއި، މި އިދާރާގެ ވެބްސައިޓް www.halifatoll.gov.mv އިންނާއި، ދިވެހިސަރުކާރުގެ ގެޒެޓުން ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދެންނެވީމެވެ.
މަސްވެރިންގެ ދުވަހުގެ އެވޯޑާ ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ 6500343، 6500116 މި ނަމްބަރު ފޯނާއެވެ.
"މަސްވެރިންގެ ދުވަހު އެވޯޑް 2023" ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ:
- ހއ. އަތޮޅުގެ އެންމެ ޒުވާން މަސްވެރިޔާ އެވޯޑް
- ހއ. އަތޮޅުގެ އެންމެ ދުވަސްވީ ކެޔޮޅު އެވޯޑް
- ހއ. އަތޮޅުގައި މަސްވެރިކަމުގައި އުޅުއްވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތަށްދޭ އެވޯޑް
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.