ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުއްޔަށް ދޫކުރުމަށް ހަމަ ޖެހިފައިވާ ބިންތައް ބިޑް އުސޫލުން ކުއްޔަށް ދޫކުރުން

ގދ. ފިޔޯރީ ބަދަރު ސަރަހައްދުން ވިޔަފާރި އުސޫލުން ބިން ކުއްޔަށް ދޫކުރުމަށް މި ކައުންސިލުން ކުރި، ނަންބަރ  (IUL)422-A02/422/2023/76 އިއުލާނާއި ގުޅިގެން، ބިން ކުއްޔަށް ހިފުމަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެ އިއުލާން ބާޠިލްކޮށް، އަލުން އިއުލާން ކުރަމެވެ. އެގޮތުން ދޫކުރުމަށް ނިންމާފައިވާ ބިމުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

ބިމުގެ މުއްދަތު: 15 އަހަރު

ބިމުގެ ބޮޑުމިން:   ޕޮލޮޓް 5 : 1848.49 އަކަފޫޓް

              ޕޮލޮޓް 6 : 1790.04 އަކަފޫޓް

ދޫކުރުމަށް ނިންމާފައިވާ ބިމުގެ އަދަދު: 02

ވީމާ، ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން2023 ނޮވެމްބަރ 29 ވަނަ ބުދަ ދުވަހުގެ  13:00 ގެ ކުރިން އިދާރާގެ މެއިލް އެޑްރެހަށް، ([email protected]) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުވުއްމަށް ފަހު އީމެއިލް ކޮށް ދެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ސްޕްޓް ކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެ އެވެ. ބީލަމުގައި ރަޖިސްޓްރީ ކުރެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޑިސެމްބަރ 5  ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލް އަށް ފޮނުވޭ ސުވާލު ތަކުގެ ޖަވާބު   2023 ޑިސެމްބަރ 6 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތްތަކުގެ މެއިލް އަށް ފޮނުވޭނެ އެވެ.

ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 7 ވާ ބްރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އިތުރުމަޢުލޫމާތު

ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ

ފޯން:  4002625

އީމެއިލް: [email protected]

ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިއުލާން ކުރީމެވެ.

22 ޑިސެމްބަރ 2023

22 ނޮވެންބަރު 2023
ހޯދާ