މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަހުގެ ކުނި އުކާލާނެ ފަރާތެއް ހޯދުން

މޯލްޑިވްސް ޕޮލިޓެކްނިކް ކެމްޕަހުން ނެރޭ ކުނި އުކާލުމުގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 29 ނޮވެމްބަރ 2023ވާ ބުދަ ދުވަހުގެ 14.00 ކުރީން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކޮއްދެއްވުން އެދެމެވެ.

https://forms.gle/6HotWUxGGtUfuFtY7

ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މައުލޫމާތު ޝީޓް މެއިލް ކޮށް ދެވޭނެއެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ  30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13.30 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 11 ޑިސެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 (ހައްޓި) ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ބީލަން ހުށަހަޅުއްވާ އިރު މައުލޫމާތު ކަރުދާހުގައި ވާ އެންމެހައި މައުލޫމާތު ފުރިހަމަ ކޮށް ހުށައަޅަން ވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 ނޮވެމަބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.

22 ނޮވެންބަރު 2023
ހޯދާ