ދިވެހިރާއްޖެ
މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުގެ 'ގައުމަށްޓަކާ' ސީ.އެސް.އާރ ކެމްޕެއިންގެ ދަށުން މިކައުންސިލަށް ވަނީ 3 ސްކޮލާރޝިޕްއެއް ގެ ޖާގަ ލިބިފައެވެ. މިސްކޮލަރޝިޕްގެ ދަށުން މި ވަގުތު ޑިގްރީއަށް ޝަރުތު ފުރި ހަމަނުވާ ދަރިވަރުންނަށް އެއްވެސް ކޯސްފީއަކާއި ނުލާ ރަށުގައި ހުރެގެން އޮންލައިން ކޮށް ފައުނޑޭޝަން ޕްރޮގްރާމެއް ފުރި ހަމަކު ރުމަށްފަހު، ފްރީޑިގްރީ ސްކީމް ގެ ދަށުން އިތުރު ކޯސްފީއަކާ ނުލާ ބެޗެލާރސް ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިގޮތުން ކައުންސިލަށް ލިބިފައިވާ 3 ޖާގަ ރަށުގެ އާންމު ރައްޔިތުންގެ ތެރެއިން 3 ފަރާތަކަށް ދިނުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ނޮވެންބަރު 2023 ވާ ހުކުރުދުވަހުގެ ރޭ 22:00 ގެ ކުރިން ތިރީގައިވާ އޮންލައިން ލިންކް މެދުވެރިކޮށް ތިރީގައި ދެންނެވފައިވާ މަޢުލޫމާތު ހުށަހެޅުމަށް ދަންނަވަމެވެ.
ލިންކް: https://forms.office.com/r/X2FKHKCCGd
1) ސްކޮލަރޝިޕް އެޕްލިކޭޝަން ފޯރމް
2) ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް
3) ސްކޫލް ލީވިންގ ސެޓްފިކެޓް
4) ތަޢްލީމީގޮތުން ޙާޞިލްކޮށްފައިވާ އެންމެ މަތީ ސަނަދުގެ ކޮޕީއެއް
5) ދާއިރާއާ ގުޅޭގޮތުން ހޯދާފައިވާ ސަނަދުތައް
މި އިޢުލާނާއިއެކު ސްކޮލަރޝިޕްގެ އުސޫލާއި، ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމް އަދި ސްކޮލަރޝިޕްގެ ޝަރުޠުތައް އާންމު ކުރީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.