ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ހިންގުމަށް ބޭނުންވާ ކުރުމުއްދަތުގެ ކޯސްތައް ފަރުމާކޮށް، ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ޢިއުލާންގެ މުއްދަތު އިތުރު ކުރުމާ ގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ހިންގުމަށް ބޭނުންވާ ކުރުމުއްދަތުގެ ކޯސްތައް ފަރުމާކޮށް، ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ ޢިއުލާންގެ މުއްދަތު އިތުރު ކުރުމާ ގުޅޭ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯރ ކޮންޓިނިއުއިންގ އެޑިއުކޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކުރުމުއްދަތުގެ ކޯސްތައް ފަރުމާކޮށް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)170-PR/170/2023/159) (14 ނޮވެމްބަރ 2023) ޢިއުލާންގެ މަޢުލޫމާތު ކަރުދާހަށް ބަދަލުތަކެއް އައިސްފައިވާތީ، މި ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރު ކުރެވިފައެވެ. އަދި  އިސްލާހުކުރެވިފައިވާ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުން.

މި އިޢުލާން އާއި ގުޅިގެން ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

ޕާފޯމަންސް ގެރެންޓީ

މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން މި ބީލަން ކާމިޔާބު ކުރާ ފަރާތުގެ އަގު ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށްވުރެ ބޮޑު ކަމުގައިވާނަމަ ޕަރފޯމަންސް ގެރެންޓީގެ ގޮތުގައި  ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

28 ނޮވެމްބަރ 2023ގެ 12:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

28 ނޮވެމްބަރ 2023ގެ 13:00 އަށް

 

08 ޖުމާދަލް އޫލާ 1445

22 ނޮވެންބަރު 2023
ހޯދާ