ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް ރެސްޓޯރެންޓް މެނޭޖަރ

 މަޤާމު:

 އެސިސްޓެންޓް ރެސްޓޯރަންޓް މެނޭޖަރ

 ބޭނުންވާ އަދަދު

 01 (އެކެއް)

 މަސައްކަތް ކުރަންޖެހޭ ތަން:

 ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް / ކައްދޫ އެއަރޕޯޓް

 މަޤާމުގެ ޝަރުޠު:

  • ހޮސްޕިޓެލިޓީ ނުވަތަ އެފް.އެންޑް.ބީ ދާއިރާއިން އެމް.ކިޔު.އޭ ލެވަލް 05 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހޮސްޕިޓެލިޓީ ނުވަތަ އެފް.އެންޑް.ބީ ދާއިރާއިން އެމް.ކިޔު.އޭ ލެވަލް 04 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު 04 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • ހޮސްޕިޓެލިޓީ ނުވަތަ އެފް.އެންޑް.ބީ ދާއިރާއިން 06 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

   އަދި،

  • ހިންގުމުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއެކު ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ރަނަގަޅަށް ލިޔަންކިޔަން ދަތުން.

  އަދި،

  ހޮސްޕިޓެލިޓީ ނުވަތަ އެފް.އެންޑް.ބީ ދާއިރާގައި މަސައްކަތް ކުރުމަށް އެކަށީގެންވާ ސިހައްތެއްގައި ހުރުން

 މަޤާމުގެ މައިގަނޑު       މަސްއޫލިއްޔަތު:

  • ދައުލަތުގެ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ރެސްޓްރެންޓާއި ރެސްޓޯރެންޓްގެ މާޙައުލު ދެމެހެއްޓުން
  • ކުންފުނީގެ މެނޭޖްމަންޓުގެ ޕްލޭން އާއެއްގޮތަށް ރެސްޓޯރަންޓް ހިންގުން
  • ރެސްޓޯރަންޓަށް ބޭނުންވާ ސަޕްލައިސް ހޯދާ ބެލެހެއްޓުން
  • ރެސްޓޯރަންޓް ސްޓާފުންގެ ޑިއުޓީތައް މެނޭޖް ކުރުން
  • ސްޓާފުންގެ ވެލްފެއަރގެ ކަންކަން ހަމަޖައްސައި މޮނިޓަރ ކުރުން
  • މުވައްޒަފުންގެ އެޕްރައިޒް ހަދައި މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގތައް ރޭވުން
  • ރެސްޓޯރަންޓްގެ އިދާރީ މަސައްކަތްތައް ރާވާ ހިންގުން.
  • ރެސްޓޯރަންޓްގެ ބަޖެޓް ތައްޔާރުކުރުން.
  • ރެސްޓޯރެންޓަށް ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.
  • މުވައްޒަފުންނާގުޅޭ އިދާރީ މަސައްކަތްތައް ރާވާ ހިންގުން.
  • މި ބަޔާންކުރި މަސައްކަތްތަކުގެ އިތުރުން، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފުނުވާނޭހެން، މަސައްކަތުގެ މާހައުލުގައި ކުންފުނިން އަންގާ މަސައްކަތްތައް ކުރުން.

 ވަޒީފާއަށް އެންމެ   ގާބިލްފަރާތެއް ހޮވުމަށް   ބެލެވޭނެ ކަންތައްތައް

  • ހާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • މަސައްކަތާއި ގުޅޭ ގޮތުން އުފެއްދުންތެރި ޚިޔާލުތަކާއި އާވިސްނުންތައް ހުރި މިންވަރު

 މުސާރައާއި އިނާޔަތްތައް:

  • މުސާރަ އާއި ސަރވިސް އެލަވަންސްތައް:  -/12000 އާއި -/15000 ރުފިޔާ އާއި ދެމެދު

 ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭ ފޯމް. ވަޒީފާއަށް އެދޭ ފޯމް ކައްދޫ އެއަރޕޯޓް އޮފީހުން އަދި މި ކުންފުނީގެ ވެބްސައިޓުން (www.kacl.aero) ޑައުންލޯޑް ކުރެވޭނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)
  • ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ
  • ލިބިފައިވާ ތަމްރީން / ތަޖުރިބާ އަންގާދޭ ލިޔުން (މަޤާމުގެ މަސައްކަތާގުޅޭ)
  • ޕޮލިސް ރިޕޯޓު (3 މަސް ދުވަސް ހަމަނުވާ)
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯ (3 މަސް ދުވަސް ހަމަނުވާ)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތުހަމަނުވާ)

 ސުންގަޑި:

 2023 ނޮވެންބަރު 29 ވާ  ބުދަ ދުވަހުގެ 14:00 ގެ ކުރިން

 އިންޓަރވިއުކުރުމާއި   ޕްރެޒެންޓޭޝަން ހުށަހެޅުން:

  •  އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

 އިތުރު މަޢުލޫމާތު:

  • އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 7940704 އެވެ. ވަޒީފާއަށްއެދޭ ފޯމު ހުށަހަޅުއްވަންވާނީ  / Email: [email protected]ކައްދޫ އެއަރޕޯޓް އޮފީސް / ލ.ކައްދޫ ނުވަތަ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ ހެޑްއޮފީސް، މިނިސްޓްރީ އޮފް ޑިފެންސް / ބަންޑާރަކޮށްޓަށެވެ. ފޯމު ބަލައި ގަންނާނީ ހެނދުނު 09.00 އިން 14.00 އަށެވެ.
22 ނޮވެންބަރު 2023
ހޯދާ