ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ހުރި ބައުވެހަލާކުވެފައިވާ ތަކެތި ނައްތާލުމާއި ގުޅޭ
ޤާނޫނު ނަންބަރު 2006/3 (ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 7 ވަނަ މާއްދާއާއި، ޤަވާޢިދު ނަމްބަރ: 2017/R-20 (ދަޢުލަތުގެ މާލިއްޔަތުގެ ޤަވާޢިދު) ގެ 211.2 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ " ދަޢުލަތުގެ މުދަލެއް އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދަޢުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުން މިމިނިސްޓްރީގެ ބައެއް މުދާތައް ނީލަން ކިޔުމުގެ ކަންތައްތައްވަނީ ކުރިއަށް ގެންގޮސްފައެވެ. އެހެން ނަމަވެސް މަތީގައި ދެންނެވުނު އުޞޫލުގެ ދަށުން ނީލަން ކިޔުމަށް ދެފަހަރު އިޢުލާނުކުރުމުންވެސް، ނީލަމުގައި އެއްވެސް ފަރާތަކުން ބައިވެރިވެފައިނުވާތީ އުޞޫލުގެ ދަށުން މިތަކެތި ނައްތާލުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން ތަކެތި ނައްތާލުމުގެ ކުރިން އެއްވެސް ފަރާތަކުން މިއިން މުދަލެއް ބޭނުންވޭތޯ ބެލުމަށްޓަކައި ޢާއްމުކޮށް ހުޅުވާލަން މިމިނިސްޓްރީއިން ޤަޞްދު ކޮށްފައިވާތީ، 26 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހު މިތަކެތި ބައްލަވާލެއްވުމަށާއި ބޭނުންފުޅުވާ ފަރާތަކުން ތަކެތި ގެންދިއުމަށް ޢާއްމުކޮށް ހުޅުވާލަމެވެ.
ޝައުޤުވެރިވާ ފަރާތްތަކުން އެދުވަހުގެ 10:00 ން 12:00 އާ ދެމެދު މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް (އަމީނީ މަގު) ގައި ހުންނަ މިމިނިސްޓްރީގެ ގުދަނަށް ވަޑައިގެން ތަކެތި ގެންދެވުން އެދެމެވެ. ތަކެތި ގެންދެވުމުގެ އެންމެ ފަހު ގަޑިއަކީ އެދުވަހުގެ 14:00 އެވެ.