ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ގަތުމަށް.

ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓޮޕް ގަންނަން ބޭނުންވެއްޖެ

މި ބިއުރޯއަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި ލެޕްޓޮޕް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު IUL)457-AIT/1/2015/1)ފ(4 މާރިޗު 2015) ގެޒެޓް ކުރުމުގައި އޮޅުންތަކެއް އަރާފައިވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން މިމަސައްކަތްކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

ގަންނަން ބޭނުންވާ ތަކެތި:

  • 27 ކޮމްޕިއުޓަރ ސިސްޓަމް
  • 8 ލެޕްޓޮޕް

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 މާރިޗު 17 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ފިނޭންސް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މި ބިއުރޯއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ނަންބަރު 3349397، 3349394، 3349489 ފޯނާ ގުޅުއްވުން އެދެމެވެ.

21 ޖުމާދަލްއޫލާ 1436

12 މާރިޗު 2015
ހޯދާ