އަލިފުށީ ސްކޫލް
ދިވެހިރާއްޖެ
2024 ވަނަ އަހަރަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

 

  1. 01 ޖެނުއަރީ 2024 އިން ފެށިގެން 31 ޑިސެމްބަރ 2024 ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  3. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 ނޮވެމްބަރ 21 ން 2023 ނޮވެމްބަރ 28 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00  ން މެންދުރުފަހު 14:00 ށް މިސްކޫލަށް ވަޑައިގެން ނުވަތަ ފޯނުން ގުޅުއްވައިގެން ނަންނޯޓު ކުރެއްވުންއެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

   4- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2023  ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ތިރީގައިވާ              އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

   5- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2023  ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00ގައި މިސްކޫލުގައެވެ.

   6- މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކަށް މިސްކޫލުން ދޫކުރާނެ ވާހަކަ ދެންނެވީމެވެ. 

   7- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   - ނަން: އަލިފުށީ ސްކޫލް

   - ފޯން: 6580137

   - އީމެއިލް: [email protected]

21 ނޮވެންބަރު 2023
ހޯދާ