ދިވެހިރާއްޖެ
ދަރުބާރުގޭ ބައެއް މަރާމާތްތަކާ ބެހޭ
މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ދަރުބާރުގޭ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެގެން 25 ޖަނަވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/16) އާ ގުޅިގެން އެއްވެސް ފަރާތެއް އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. ބިޑުގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2015 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗު 2015 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
ބިޑުގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަންގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
20 ޖުމާދަލްއޫލާ 1436