ދިވެހިރާއްޖެ
ވެލާ ޕުރައިވެޓް އައިލެންޑް ގެ ފަރާތުން ކުރިއަށް ގެންދާ "ފެހިކުރަމާ ޕްރޮގުރާމް" 2023 ނޮވެމްބަރު 22 އަދި 23 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފެހިކުރަމާ ޓީމް ގެ ފަރާތުން ރައްޔިތުންނަށާއި ސްކޫލު ދަރިވަރުންނަށް ރައްކާތެރިކަމާއެކު ކުނި ނައްތާލުން އަދި ކާދު ތައްޔާރު ކުރުމާއި ގުޅޭގޮތުން މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތުގެ ތާވަލު ތިރީގައި އެވަނީ އެވެ.
ތާރީޚް |
ގަޑި |
ތަން |
ހާއްސަ ކުރެވިފައިވާ ފަރާތްތައް |
22 ނޮވެންބާރ 2023 ބުދަ |
16:00 |
ނ.ކުޑަފަރި ސުކޫލް |
ސްކޫލް ދަރިވަރުން |
23 ނޮވެންބާރ 2023 ބުރާސްފަތި |
14:15 |
އަންބާގެ |
ރައްޔިތުން |
ދެންނެވިފައިވާ ސެޝަންގައި ވީހާވެސް ގިނަ ބޭފުޅުންނާއި ދަރިވަރުން ބައިވެރި ވުމަކީ ފެހިކުރަމާ ޓީމް ގެ އަދި ކައުންސިލް ގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ސެޝަންތަކުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ކުރެވިފައިވާ ހަދިޔާ ސެޝަންތައް ކުރިއަށް ދާވަގުތު އެ ސަރަހައްދުގައި ދިނުމަށްވަނީ ހަމަޖެހިފައެވެ.