ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު ދިވެހިރާއްޖެ ނަމްބަރ: 331/331/2023/106(IUL)
އިޢުލާން
ހަޓު ތަކުގެ ވެރިފަރާތް ހޯދުމާއި ގުޅޭ
"މަގުތަކާއި ގޯޅިތަކާއި އިޖުތިމާޢީ ސަރަހައްދުތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ހަޓު ހެދުމާއި ގުޅޭ ގަވާއިދު" (ގަވާއިދު ނަމްބަރު: 145-އާރު/2023) ވަނީ 14 އޮގަސްޓް 2023 ގައިވަނީ ގެޒެޓްކުރެވިފައެވެ. މިގަވާއިދުގެ ދަށުން ރަށުގެ އެއްވެސް ސަރަހައްދެއްގައި ހަޓް ނުވަތަ އެހެންވެސް އެފަދަ ތަނެއް ހަދާ ބޭނުންކުރަންވާނީ ކައުންސިލުން ކަނޑައަޅާގޮތެއްގެ މަތިން ކައުންސިލުން ހުއްދަ ހޯދައިގެން ކަމަށް ބަޔާންކުރެވިފައިވެއެވެ. އަދި މިގަވާއިދުގެ 10 ވަނަ ނަމްބަރުގެ (ހ) ގައި މި ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން ރަށުގެ އެކިތަންތާގައި ހަދާފައިވާ ހަޓްތައް މި ގަވާއިދަށް އަމަލު ކުރަންފަށާތާ 3 (ތިނެއް ) މަސްދުވަސްތެރޭ ނަގަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މި މާއްދާގެ (ހ) ގައި ބަޔާން ކުރާ މުއްދަތުގައި ހަޓްތައް ނަގާފައިނުވާނަމަ ކައުންސިލުން ކަނޑައަޅާ ހަމަޔަކުން ނައްތާލެވޭނެ ކަމަށެވެ.
ކައުންސިލްގެ ހުއްދަ ނުނަގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޢާއްމުފަރާތްތަކުން ހަދާފައިވާ ހަޓް ނުވަތަ އެހެންވެސް އެފަދަތަނެއް 3 މަސްދުވަހުގެ ތެރޭގައި ނެގުމަށާއި އަދި މިދެންނެވި މުއްދަތު ހަމަވުމަށްފަހު ނުނަގާހުންނަ ހަޓްތައް މިގަވާއިދުގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރެވޭނެކަން އަންގާ މިއިދާރާގެ ނަމްބަރު 331/331/2023/85(IUL) (15 އޮގަސްޓް 2023) އިޢުލާނުންވެސްވަނީ އެންގިފައެވެ.
ވީމާ، ރަށުގެ އެކިސަރަހައްދު ތަކުގައި ކައުންސިލުން ހުއްދަ ނުނަގާ ހަދާފައިވާ މަސްކައްކާ ތަންތަނާއި އަދި އެހެނިހެން ހަޓް އަދި ގުދަންފަދަ ތަންތަނުގެ ވެރިފަރާތެއް ވާނަމަ އެކަން މި ނޮވެމްބަރ މަހުގެ 30 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާ އަށް އެންގެވުން އެދެމެވެ.