އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޕްރައިމަރީ ޓީޗަރ

 އިޢުލާން

 ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރައިމަރީ ޓީޗަރ

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒު

ސެކްޝަން:

-

ވަޒީފާ އަދާކުރަންޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒު / އއ. ރަސްދޫ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

- ކަނޑައެޅިފައިވާ ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތިން ކުލާސްތަކުގައި ކިޔަވައިދީ، ކަނޑައެޅިފައިވާ މުޤައްރަރު ދަރިވަރުންނަށް ހާސިލުކޮށްދިނުން. 

- ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތައް ކުރުން. 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2015 މާރިޗު 17 ވަނަދުވަހުގެ 2:00 ގައި ޓީ.އާރު.ސީގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2015 މާރިޗު 15 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ތަޢުލީމީ މަރުކަޒަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ލިބޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މަރުކަޒުން ލިބެން ހުންނާނެ އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  1. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް.
  1. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6660020 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6660020 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

18 ޖުމާދަލްއޫލާ 1436

09 މާރިޗު 2015
ހޯދާ