ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައިމާކު މަރާތު ކުރުމާގުޅޭ

                 މި އިދާރާގެ ހައިމާކު މަރާމާތު ކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު IUL)408-ESMS/408/2023/43) އިއުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު މަދުވުމުގެ ސަބަބުން އެ އިއުލާން ބާތިލްކުރުމަށްފަހު އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ. މި އިޢުލާނާއެކު "ހައިމާކު މަރާމާތު ކުރުމުގެ މަޢުލޫމާތު ކަރުދާސް" ޢާއްމުކުރެވިފައިވާނެއެވެ.

                 އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 2023 ނޮވެންބަރު 28 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ 6820007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. އަދި ވެހިކަލް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން 2023 ނޮވެންބަރު 20 އިން 2023 ނޮވެންބަރު 28 ވަނަ ދުވަހުގެ 10:00 އަށް ބެއްލެވޭނެ އިންތިޒާމު ހަމަޖެހިފައި ވެއެވެ.

                 ވީމާ، ހައިމާކު މަރާމާތު ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023 ނޮވެންބަރު 30 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. 

                 މިހެންވެ މިކަން ޢާންމުކޮށްއަންގައި އިޢުލާން ކުރަމެވެ.

19 ނޮވެންބަރު 2023
ހޯދާ