ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ދައުލަތުގެ ޕޭ ފްރޭމްވަރކް" ގެ ތެރެއިން 1 މޭ 2023 ގައި ތަންފީޒުކޮށްފައިވާ ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަގާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު (އިސްލާޙު 1) އާންމުކުރުން

ޤާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކް" ގެ ދަށުން އެކުލަވާލާފައިވާ ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު 2023 (އިސްލާޙު 1) އާންމުކުރީމެވެ.

ވީމާ، 2023 ނޮވެންބަރު 20 ވަނަ ދުވަހުން ފެށިގެން އިޢުލާންކުރެވޭ ޑޮކްޓަރުންގެ ޖޮބް މެޓްރިކްސްތަކުގެ މަޤާމުތަކަށް ޢިއުލާނުކުރުމާއި މީހުން އައްޔަންކުރުމުގެ މަރުހަލާތައް މި އުޞޫލާ އެއްގޮތަށް ކުރިޔަށްގެންދިއުމަށް ދަންނަވަމެވެ. 

20 ނޮވެންބަރު 2023
ހޯދާ