ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކ. ތިލަފުށީގެ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފެށުމާގުޅޭ

        ނަންބަރު: HDC(161)-REM/IU/2023/537

 

އިޢުލާން

ކ. ތިލަފުށީގެ ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފެށުމާގުޅޭ

      ތިލަފުށީގެ މާސްޓަރ ޕްލޭނާއި އެއްގޮތަށް ތިލަފުށި ތަރައްޤީކުރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ، މާސްޓަރ ޕްލޭނާއި އެއްގޮތަށް ހިއްކަންޖެހޭ ސަރަޙައްދުތައް ހިއްކުން އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މިކޯޕަރޭޝަނުން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ތިލަފުށީގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ އޭރިއާ – E ހިއްކުމުގެ މަސައްކަތް 18 ޑިސެމްބަރު 2023 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މިކޯޕަރޭޝަނުން ކުރިއަށްގެންދިޔަ ސާރވޭތަކުން، ފަޅު ތެރޭގައި އަޑިއަށް ގޮސްފައިވާ އުޅަނދުތަކާއި، އަދި ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ނުކޮށް ހުރި އުޅަނދުތައް ފަޅުތެރޭގައި އަޅާފައިވާކަމާއި އަދި، ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ވަނީ ފާހަގަކުރެވިފައެވެ.

ވުމާއެކު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ކުރެހުމުގައި ފާހަގަކުރެވިފައިވާ ސަރަޙައްދުގައިވާ އުޅަނދުތައް މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި ނެންގެވުމަށް ދަންނަވަމެވެ. އަދި މިމުއްދަތުގައި އުޅަނދުތައް ނަގާފައި ނުވާނަމަ މިކޯޕަރޭޝަނުގެ އުޞޫލު ނަންބަރު: G-7/2023 " ކ. ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު ޢަމަލުކުރުމުގެ އުޞޫލު" ގެ ދަށުން އުޅަނދުތަކާމެދު ޢަމަލުކުރެވޭނެ ވާހަކަ އަންގާ އިޢުލާނުކުރީމެވެ.

އަދި، މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިކޯޕަރޭޝަނުގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.

                  20 ނޮވެމްބަރު    2023

                  05 ޖުމާދަލްއޫލާ   1445

20 ނޮވެންބަރު 2023
ހޯދާ