ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
2024 ވަނައަހަރަށް ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

2024 ވަނަ އަހަރު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމާއިގުޅޭ

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

  1. 2024 ވަނަ އަހަރު މިސްކޫލުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ބީލަން ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
  2. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 20 ނޮވެމްބަރ 2023 ން 27 ނޮވެމްބަރ 2023 ށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00  ން 14:00 ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުންއެދެމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
  3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 28 ނޮވެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  4. ބީލަން ހުށައެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 ނޮވެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުރާ ސްކޫލުގައެވެ.
  5. މި އިޢުލާނާއި ގުޅޭ ބީލަންފޮތް މި އިއުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  6. އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުރާ ސްކޫލް

ކ.ހުރާ

ފޯން : 6640177

އީމެއިލް: [email protected]

20 ނޮވެންބަރު 2023
ހޯދާ