ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މާލެ، ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުންގެންދާ ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށް ބޭނުންނވާ އޭސީ ވިއްކާ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ
މި މިނިސްޓްރީގެ ދަށުން ކ.ހިންމަފުށީގައި ހިންގަމުން ގެންދާ ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށް ބޭނުންވާ 12000BTUގެ 11 (އެގާރަ) އޭސީ ވިއްކާ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، 12000BTUގެ 11 (އެގާރަ) އޭސީ ވިއްކާ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުން
މަޢުލޫމާތު ސާފުކުރެއްވުމާއި، ބީލަމުގައި ރަޖިސްޓްރީވެލެއްވުން އޮންނާނީ 2023 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ވެލާނާގެ 10 ވަނަ ފަންގިފިލާގައެވެ.
ބީލަން ހުޅުވުން
އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 2023ނޮވެންބަރު 29 ވާ ބުދަ ދުވަހުގެ 10:00ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރަތްތަކުން 2023 ނޮވެންބަރު 23 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މި ބީލަމުގައި ރަޖިސްޓްރީވެލައްވާ މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.