ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާގުޅޭ

                   ދަނޑުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުޞޫލުން 5000  އަކަފޫޓްގެ 20 ބިން ދޫކުރުމަށް ކުރި ނަންބަރު: (IUL)408-ESMS/408/2023/34 އިޢުލާނާ ޙަވާލާދީ ދަންނަވަމަވެ.

                   އެ އިޢުލާނާއެކު ޢާއްމުކުރި ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް ބަދަލު ގެންނަށް ކައުންސިލުން ބޭނުންވާތީ، އެ އިޢުލާނާއި އެ އިޢުލާނާގުޅިގެން މި އިދާރާއަށް ހުށަހަޅާފައިވާ ފޯމްތައް ބާޠިލުކޮށްފައިވާ ވާހަކަ ދެންނެވީމެވެ.

                   އަދި ދަނޑުބިން ކުއްޔަށް ދޫކުރުމުގެ އުޞޫލަށް ބަދަލު ގެނައުމަށްފަހު ދަނޑުބިން ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އަލުން ހުޅުވާލާނެ ވާހަކަ ދެންނެވީމެވެ.

                   މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ނޮވެންބަރު 2023
ހޯދާ