ޙާފިޡް އަޙުމަދު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސުކޫލުގެ ސުޓާފްރޫމުގައި ޓީޗާރުން ބޭނުންކުރާ ގޮނޑި ހޯދުމާއި ބެހޭ
ހާފިޒު އަހުމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ
ނަންބަރ: (IUL)GS-74/GS-74/2023/35
ސުޓާފްރޫމުގައި ޓީޗާރުން ބޭނުންކުރާ ގޮނޑި ހޯދުމާއި ބެހޭ
- މިސްކޫލުގައި އަލަށް ޢިމާރަތްކުރެވޭ 16 ކުލާސްރޫމް ޢިމާރާތުގެ ސުޓާފް ރޫމުގައި ޓީޗަރުން ބޭނުންކުރާނޭ ގޮނޑި (ލޯބެކް އޮފީސް ޗެއާރ) ގަންނަން ބޭނުންވެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި ގޮނޑީގެ ސްޕެސިކިކޭޝަން ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ނޮވެމްބަރ 20 ން 2023 ނޮވެމްބަރ 26 ށް ބަންދުނޫން ދުވަސްތަކުގެ 08:30 އިން 13:30 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ނޮވެމްބަރ 27 ވަނަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ސުވާލު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މައުލޫމާތު ސާފުކޮށް ދިނުން 2023 ނޮވެމްބަރ 28ވާ އަންގާރަ ދުވަހުގެ 11:00ގައި މި ސްކޫލުގެ މީޓިންގ ރޫމުގައި އޮންނާނެއެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2023 ޑިސެމްބަރ 3 ވާ އާދީއްތަ ދުވަހުގެ 11:00 ގައިމިސްކޫލުގެ މީޓިންގ ރޫމުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޙާފިޒް އަޙްމަދު ސްކޫލް
ކަނދުވަލި މަގު، ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.
ފޯން: 6861989
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
19 ނޮވެންބަރު 2023
ހޯދާ