މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
މޯލްޑިވްސް ޕޮލިޓެކްނިކް ގ.ދ.ގައްދޫ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 19 ނޮވެންބަރު 2023 19:46 ގައި ބާތިލް ކުރެވިފައެވެ.


މޯލްޑިވްސް ޕޮލިޓެކްނިކް ގ.ދ.ގައްދޫ ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ކުރެވުނު އިއުލާން ނަންބަރު:(IUL)213-PR-213(-2023-3) އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތައް އެކަށީގެން ނުވާތީ ބާތިލްކޮށް އަލުން މި ކެމްޕަހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާން ކުރަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 27 ނޮވެމްބަރ 2023ވާ ހޯމަ ދުވަހުގެ 14.00 ކުރީން ތީރިގައި ދެވިފައިވާ ލިންކް ބޭނުން ކުރައްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

https://forms.gle/fxEQ79qdnJXN2Svs6

 ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މިމަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާސް މެއިލުން ފޮނުވޭނެއެވެ.

ޕްރީބިޑް ބައްދަލުވުން

މި އިޢުލާނާއި ގުޅިގެން ބާއްވާ ޕްރީބިޑް ބައްދަލުވުން އޮންނާނީ 27 ނޮވެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައެވެ.

ބީލަން ހުށައެޅޭނީ ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަން ހުޅުވުން އަދި ބީލަން ވެލިޑިޓީ

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 06 ޑިސެމްބަރ  2023 ވާ ބުދަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.އަދި ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ ބީލަން ބަލައިގަތުމަށް ހަމަ ޖެހިފައެއް ނުވެއެވެ.

ބީލަން ހުށަހަޅުއްވާ އިރު ބިޑުގެ ސޮފްޓް ކޮޕީއެއް ހުށަހަޅުއްވަންވާނެވެ. (ސީ.ޑީ/ޕެންޑުރައިވް) އަދި ބީލަމުގެ ޖަދުވަލު 1ގައިވާ ހުރިހާ ލިޔުންތައް ފުރިހަމަ ކޮށްފައިހުންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 ނޮވެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން  [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ 3305420 އާއި ގުޅުއްވުން އެދެމެވެ.

19 ނޮވެންބަރު 2023
ހޯދާ