ދިވެހިރާއްޖެ
ފަރުނީޗަރ ގަންނަން ބޭނުންވެއްޖެ:
މިހޮސްޕިޓަލާއި މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ފަރުނީޗަރ ގަންނަން ބޭނުންވެއްޖެއެވެ.
ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2015 ދުވަހުގެ 11:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 މާރިޗު 2015 ދުވަހުގެ 13:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އީމެއިލް މެދުވެރިކޮށް އިޢުލާނާ ގުޅޭ މަޢުލޫމާތު ހޯދުމަށް އެދިލައްވާ ފަރާތްތަކުން 16 މާރިޗު 2015 ދުވަހުގެ 10:00 ގެ ކުރިން މިހޮސްޕިޓަލަށް ލިޔުމުން ސިޓީ ފޮނުއްވުމުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އީމެއިލް މެދުވެރިކޮންނާއި ފެކްސް މެދުވެރިކޮށް ހުށަހަޅުއްވާ ސިޓީ ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ފެކްސް ނަންބަރަކީ: 6620247 އެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިހޮސްޕިޓަލްގެ ނަންބަރު 6620048 ފޯނާ ގުޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ.
މި އިޢުލާން ނުކުތުމުން 08 ފެބުރުވަރީ 2015 ގައި މިހޮސްޕިޓަލުން ކޮށްފައިވާ ނަންބަރު IUL)LHAH-AH/LHAH/2015/05) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތައް ވަނީ ބާޠިލު ކުރެވިފައެވެ.
19 ޖުމާދަލްއޫލާ 1436